Wednesday 27th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދިރާގު

ނިމުނު އަހަރު ދިރާގަށް 2.5 ބިލިއަން ރުފިޔާގެ އާމްދަނީއެއް، ފައިދާގެ ގޮތުގައި 813 މިލިއަން

ފާއިތުވި 2021 ވަނަ އަހަރުގެ ނިޔަލަށް ދައުލަތުގެ މުވާސަލާތީ ކުންފުނި ދިރާގަށް އާމްދަނީގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ އަދި ސާފު ފައިދާގެ ގޮތުގައި 813 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

ދިރާގުގެ އަހަރީ ރިޕޯޓުން ފެންނަ ގޮތުގައި ނިމުނު އަހަރު އެ ކުންފުންޏަށް ލިބުނު އާމްދަނީވަނީ 2020 ވަނަ އަހަރާ އަޅާބަލާއިރު 1.8 އިންސައްތަ އިތުރުވެފައެވެ. އެގޮތުން 2020 ވަނަ އަހަރު އެ ކުންފުންނަށް އާމްދަނީގެ ގޮތުގައި ލިބުނީ 2،483 މިލިއަން ރުފިޔާ (2.4 ބިލިއަން) އެވެ. 2021 ވަނަ އަހަރު އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 2،527 މިލިއަން (2.5 ބިލިއަން) ރުފިޔާއެވެ.

އަދި އެ ކުންފުނީގެ މާލީ ޒިންމާތައް އުނިކުރުމަކާ ނުލައި ހިންގުމުގެ ޚަރަދުތައް އެކަނި އުނިކުރުމަށްފަހު އެ ކުންފުންޏަށް ފާއިތުވި އަހަރު ލިބުނު އާމްދަނީވަނީ އޭގެ ކުރީ އަހަރަށްވުރެ 7.3 އިންސައްތަ އިތުރުވެފައެވެ. 2020 ވަނަ އަހަރު 1.2 ބިލިއަން ރުފިޔާ ލިބުނުއިރު ނިމުނު އަހަރު 1.3 ބިލިއަން ރުފިޔާ ލިބުނެވެ.

އެ ކުންފުނިން ދައްކަންޖެހޭ ޓެކުސް ފައިސާ އަދާކުރުމަށްފަހު 2021 ވަނަ އަހަރު ދިރާގަށް ފައިދާގެ ގޮތުގައި ލިބުނީ 813 މިލިއަން ރުފިޔާއެވެ. އެއީ 2020 ވަނަ އަހަރު އެ ކުންފުންޏަށް ލިބުނު ސާފު ފައިދާ ކަމުގައިވާ 732 މިލިއަން ރުފިޔާއަށްވުރެ 11.0 އިންސައްތަ އިތުރު އަދަދެކެވެ.

ހިއްސާއަކަށް ލިބުނު އާމްދަނީވެސްވަނީ 2021 ވަނަ އަހަރު އިތުރުވެފައެވެ. ނިމުނު އަހަރު 10.70 ރުފިޔާ ހިއްސާއަކަށް އާމްދަނީގެ ގޮތުގައި ލިބުނުއިރު 2020 ވަނަ އަހަރު ހިއްސާއަކަށް އާމްދަނީގެ ގޮތުގައި ލިބުނީ 9.64 ރުފިޔާއެވެ. އެހެންކަމުން ފާއިތުވި އަހަރު ހިއްސާއަކަށް ލިބުނު އާމްދަނީވެސްވަނީ 11.0 އިންސައްތަ އިތުރުވެފައެވެ.

ދިރާގުގެ އާމްދަނީ އިތުރުވި ނަމަވެސް ހިއްސާއަކަށް ފައިދާ (ޑިވިޑެންޑް)ގެ ގޮތުގައި ލިބުނު މިންވަރުވަނީ ދަށަށް ގޮސްފައެވެ. އެގޮތުން 2020 ވަނަ އަހަރު ހިއްސާއަކަށް ޑިވިޑެންޑުގެ ގޮތުގައި 7.23 ރުފިޔާ ލިބުނު އިރު 2021 ވަނަ އަހަރު ލިބުނީ 6.20 ރުފިޔާއެވެ. އެއީ 14.2 އިންސައްތަ ދަށްވުމެކެވެ.

މި ލިއުމާއި ގުޅޭ