Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ލޯކަލް ގަވަމަންޓް އޮތޯރިޓީ

ޑަބްލިއުޑީސީ މެންބަރުންނަށް ރޯދަ އިނާޔަތް ދިނުމާއިމެދެ އެލްޖީއޭ ބޯޑުން މަޝްވަރާކޮށްފި

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނަށް ރޯދަ އިނާޔަތް ދިނުމާ ގުޅޭ ގޮތުން ލޯކަލް ގަވަމެންޓް އޮތޯރިޓީ(އެލްޖީއޭ)ގެ ބޯޑުން މަޝްވަރާކޮށްފިއެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނަށް ރޯދަ އިނާޔަތް ނުލިބޭތީ އެ އިނާޔަތް އެ މެންބަރުންނަށް ދިނުމާ ގުޅޭ މައްސަލަ އެލްޖީއޭގެ ބޯޑަށް ހުށަހެޅުއްވީ މާލެ އަތޮޅު ކައުންސިލުގެ ރައީސް މުޙައްމަދު ނިމާލެވެ. ނިމާލަކީ އެލްޖީއޭގެ ބޯޑުގައި އަތޮޅު ކައުންސިލުތައް ތަމްސީލުކުރައްވާ ބޭފުޅާއެވެ. އޭނާއަކީ އިދިކޮޅު ޕީއެންސީގެ ނައިބުރައީސެއްވެސްމެއެވެ.

މިހާރު އަމަލުކުރާ އުސޫލުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނަށް ރޯދަ އިނާޔަތެއް ނުލިބެއެވެ. އެކަމާ ގުޅިގެން ނިމާލު ކުރެއްވި ޓުވީޓެއްގައި އޭނާ ވިދާޅުވީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ މެންބަރުންނަށް ރަމަޟާން މަހުގެ އިނާޔަތުގެ ފައިސާ ހޯދައި ދިނުމަށް އޭނާ ހުށަހެޅި މައްސަލަ އިއްޔެ އެލްޖީއޭގެ ބޯޑުގައި އެޖެންޑާކުރެވި މަޝްވަރާކޮށްފައިވާކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ އެކަމުގައި ޓަކި ޖެހި ފުރަތަމަ ދޮރު ހުޅުވިގެން އެދިޔައީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ މެންބަރުންނަށް އުންމީދު ގެނެސްދީފައިކަމަށެވެ. އަދި އެ ހައްގު ހޯދައި ދިނުމުގައި ދެމިހުންނަވާނެކަމަށްވެސް ނިމާލް ވިދާޅުވިއެވެ.

ނިމާލްގެ ޓްވީޓުގައި އެލްޖީއޭ ބޯޓުގެ ނިންމުންތައް އެކުލެވޭ ކަރުދާހެއްވެސް ހިއްސާކުރައްވާފައިވެއެވެ. އެގޮތުން އެލްޖީއޭ ބޯޑުން ނިންމާފައިވަނީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ރަމަޟާން މަހުގެ އިނާޔަތް ދިނުމަށް ޤާނޫނަށް އިސްލާހު ހުށަހަޅާގޮތަށެވެ.

މި ލިއުމާއި ގުޅޭ