Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެމްއެމްއޭ

މިދިޔަ އަހަރު އެމްއެމްއޭއިން 649 މިލިއަން ޑޮލަރު ވިއްކާފައިވޭ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން މިދިޔަ އަހަރު 649 މިލިއަން ޑޮލަރު ނުވަތަ ގާތްގަނޑަކަށް 10 ބިލިއަން ރުފިޔާ ވިއްކާފައިވާކަމަށް އެ އޮތޯރިޓީން ބުނެފިއެވެ.

އެމްއެމްއޭއިން އާއްމުކުރި މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރު 649 މިލިއަން ޑޮލަރު ވިއްކާފައިވެއެވެ. މިއީ 2020 ވަނަ އަހަރާ އަޅާބަލާނަމަ 2.4 ޕަސެންޓުގެ އިތުރުވުމެކެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރު ވިއްކި ޑޮލަރުގެ 59 ޕަސެންޓް ވިއްކީ ސަރުކާރު ހިއްސާވާ ކުންފުނިތަކަށެވެ. އެއީ 382.9 މިލިއަން ޑޮލަރެވެ. މިދިޔަ އަހަރު ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ވިއްކި ޑޮލަރުގެ ނިސްބަތް 2020 އާ އަޅާ ބަލާއިރު ތިން ޕަސެންޓް މަދުވެފައިވާކަން ފާހަގަކޮށްލެވެއެވެ.

މީގެއިތުރުރުން އެމްއެމްއޭ އިން މިދިޔަ އަހަރު ބޭންކްތަކަށްވެސް ބޮޑު އަދަދުން ޑޮލަރު ވިއްކާފައިވެއެވެ. އެގޮތުން ބޭންކްތަކަށް 266.1 މިލިއަން ޑޮލަރު ވިއްކިއިރު މިއީ ޖުމްލަ ޑޮލަރުގެ 35 ޕަސެންޓްކަންވެސް ފާހަގަކޮށްލެވެއެވެ.

އޭގެތެރޭގައި "ވީކްލީ އެލޮކޭޝަން" ގެ ގޮތުގައި ބޭންކް ތަކަށް ވިއްކި 171.7 މިލިއަން ޑޮލަރާއި ބޭރަށް ފުރާ ދިވެހިން ގަތް ޑޮލަރު ވެސް ހިމެނެއެވެ.

އޭގެއިތުރަށް ބޭހާއި ކާބޯތަކެތި އެތެރެކުރާ ފަރާތްތަކަށް ހާއްސަކޮށްގެން 15 މިލިއަން ޑޮލަރު ވިއްކާފައިވާކަމަށްވެސް އެއޮތޯރިޓީން ބުނެފައިވެއެވެ.

މި ލިއުމާއި ގުޅޭ