Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޖޫރިމަނާ

ޖޫރިމަނާކޮށްގެން 107 މިލިއަން ރުފިޔާގެ އާމްދަނީ ހޯދައިފި

އެކިއެކި ޖޫރިމަނާގެ ގޮތުގައި ސަރުކާރަށް 107 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކާގޮތުން މިއަހަރު ފެށުނީއްސުރެ 14 އޭޕްރިލްގެ ނިޔަލަށް ޖޫރިމަނާގެ ގޮތުގައި ދައުލަތަށް 107 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 46.9 މިލިއަން ރުފިޔާއެވެ.

މުޅި މިއަހަރު ޖޫރިމަނާގެ ގޮތުގައި ލިބޭނެ ކަމަށް ސަރުކާރުން އަންދާޒާކޮށްފައިވަނީ 62.4 މިލިއަން ރުފިޔާއެވެ. އެހެން ނަމަވެސް މިހާތަނަށް 101 މިލިއަން ރުފިޔާ ލިބިފައިވާއިރު އެއީ އަންދާޒާ ކުރިވަރަށް ވުރެ 39 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. މިދިޔައަހަރުވެސް 100 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާގެ ގޮތުގައި ލިބިފައިވެއެވެ.

ޖޫރިމަނާގެ ގޮތުގައި އާންމު ފަރާތްތަކުގެ އަތުން ފައިސާ ނެގިއަސް، މުއްސަނދި މަހުޖަނުން ހިންގާ ރިސޯޓުތަކާއި ވިޔަފާރިތަކުން ދައްކަން ޖެހޭ ޖޫރިމަނާ ސަރުކާރުން ވަރަށް ގިނައިން މާފުކޮށްދެއެވެ.

މިގޮތުން މިހާރުވެސް ރިސޯޓުތަކުގެ ކުލި ނުދައްކައިގެން 13 ބިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާގެ ގޮތުގައި ލިބެންޖެހެއެވެ. އެހެން ނަމަވެސް ސަރުކާރުން ވަނީ ޖޫރިމަނާ ނަގާގޮތް ގަވާއިދަކުން ބަދަލުކޮށް، މީގެ ކުރިން އަރާފައި ހުރި ޖޫރިމަނާވެސް އެ ގަވާއިދުގެ ދަށުން ކުޑަކޮށްފައެވެ. އެހެން ކަމުން އެ 13 ބިލިއަން ރުފިޔާގެ ތެރެއިން ބޮޑުބައި ދެން ނުލިބޭނެއެވެ.

މުއްސަނދިންނަށް މިފަދަ ގޮތްތައް ހަމަޖައްސައި ދިންނަމަވެސް، އާންމު ރައްޔިތަކު 100 ރުފިޔާ ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހުނަސް އެ ފައިސާވެސް ސަރުކާރުން މާފުކޮށްނުދެއެވެ.

މި ލިއުމާއި ގުޅޭ