Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިބްރާހީމް ޝުޖާ

ޝުޖާ، އަލީ ޒާހިރަށް: "ކަޅު ފޮތުގެ" ފުރަތަމަ ސޮފުހާގައި ހުސް އޮތީ ތިބޭފުޅާ ކުރި ކަންތައް

"ކަޅު ފޮތުގެ" ފުރަތަމަ ސޮފުހާގައި އޮތީ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ކުރި ކަންތައްތައް ކަމަށް ވިދާޅުވެ ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު އެނާއަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް އަމާޒުކޮށްފި އެވެ.

ރާއްޖޭގައި އިންޑިއާ ސިފައިން ގާއިމުވެ ތިބުމާ ދެކޮޅަށް ކުރިއަށްގެންދާ "އިންޑިއާ އައުޓް" ކްމެޕެއިންގެ ތެރެއިން ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅާއި ޕީޕީއެމްގެ އޮފީސް ހުންނަ އިމާރާތް ހިމެނޭހެން މާލޭގެ ބައެއް އިމާރާތްތަކުގައި ދަމާފައި ހުރި އިންޑިއާ އައުޓް ބެނާތައް ފުލުހުން ވަނީ އިއްޔެ ކޯޓު އަމުރެއްގެ ދަށުން އެ ގެތަކަށް ވަދެ ނަގާފަ އެވެ.
އެ ބެނާތައް ނަގަން ގެތަކަށް ވަންނަން ކޯޓު އަމުރު ނެރެދިނީ ކްރިމިނަލް ގާޒީ މުހައްމަދު މިސްބާހެވެ. އެ އަމުރު ނެރުނީ މައުލޫމާތު ލިބިފައިވާ ގޮތުގައި އަލީ ޒާހިރުގެ އެންގުމަށް އިއްޔެގެ ފަތިސް ނަމާދު ވަގުތު އެވެ.
އެކަމާ ގުޅިގެން ޝުޖާއު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދިވެހި ރައްޔިތުން މި ވެރިކަން ބަދަލުކުރާނެ ކަމަށާއި، އެ ވަގުތު ވަރަށް ކައިރިވެއްޖެ ކަމަށެވެ.
"އަހަރެމެންގެ ކަޅުފޮތުގެ ފުރަތަމަ ސޮފްހާގައި އޮތީ ހުސް ކަލޭކުރި ކަންތައްތައް،" ޝުޖާއު ވިދާޅުވި އެވެ.

"އިންޑިއާ އައުޓް" ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން އިއްޔެ ރޭ ކަނޑައެޅުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ އެ ހަރަކާތް ހުއްޓުވުމަށް ގަރާރެއް ނެރުއްވި އެވެ.

އެ ގަރާރުގައި ރައީސް ވިދާޅުވީ އިންޑިއާ އައުޓް ހަރަކާތަކީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ނާޖާއިޒު ފައިދާ ނަގައިގެން، ރާއްޖޭގެ ސުލްހަމަސަލަސްކަން ނަގައިލާ، ރާއްޖެއާއި އިންޑިއާގެ ގުޅުމަށާއި، ރާއްޖޭގެ ތަރައްގީއަށާއި ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމާއި އަމާންކަން ދެމެހެއްޓުމަށް ބަިއނަލްއަގުވާމީ ފެންވަރުގައި ކުރާ މަސައްކަތްތަކަށް ހުރަސްއެޅުމަށް ހިންގާ ހަރަކާތެއް ކަމަށެވެ.

އަދި އެ ހަރަކާތަކީ ގައުމީ ސަލާމަތަށް ނުރައްކާވާ ހިސާބަށް ގޮސްފައިވާ ހަރަކާތެއްކަން ސާފުކޮށް އެނގެން އޮންނަ ކަމަށާއި، އެ ހަރަކާތުގެ ސަބަބުން ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި އޮތް އަމަންއަމާންކަމާއި ދާހިލީ ހަމަޖެހުން ގެއްލޭ ކަމަށެވެ.

އެހެންވެ ރައީސްގެ އެ ގަރާރާ އެކު "އިންޑިއާ އައުޓް" ކެމްޕެއިންގެ ހަރަކާތްތައް ހުއްޓުވަން ފުލުހުން ގެންދަނީ މަސައްކަތް ކުރަމުންނެވެ.

އެކަމަކު ގަރާރަށް ގޮންޖަހައި އިދިކޮޅުން ވަނީ އެ ކެމްޕެއިންގެ ސްލޯގަން "އިންޑި އައުޓް" ގެ ސްޕެލިން ބަދަލުކޮށް މާލޭގެ އިމާރާތްތަކުގައި ބެނާ ދަމަން ފަށާފަ އެވެ. އަދި ރައީސްގެ އެ ގަރާރަކީ ގާނޫނާ ހިލާފު ގަރާރެއް ކަމަށް ބައެއް ގަނޫނީ ވަކީލުން ބުނެފައިވާއިރު، ގަރާރު ބާތިލުކުރަން ކޯޓަށް ދާނެ ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރްސް ކޯލިޝަނުން އިއްޔެ ވަނީ ބުނެފަ އެވެ.

މި ލިއުމާއި ގުޅޭ