Saturday 15th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޔާމީން ރަޝީދު

ޔާމީން ރަޝީދު މަރާލިކަމުގެ ކުށް ސާބިތުވި ދެ މީހުންނަށް ކުރި ހުކުމް އިސްތިއުނާފުކޮށްފި

މީގެ ފަސް އަހަރު ކުރިން އަނިޔާވެރިކަމާއެކު ޤަތުލުކޮށްލާފައިވާ ޔާމީން ރަޝީދު މަރާލި ކަމުގެ ދައުވާ އުފުލި މީހުންގެ ތެރެއިން އެ ކުށް ސާބިތުވި ދެ މީހުންގެ ފަރާތުން ހުކުމް އިސްތިއުނާފްކޮށްފިއެވެ.

ޔާމީން ރަޝީދު މަރާލި ކަމުގެ ކުށް ސާބިތުވެފައި ވަނީ ހ. އަންނާރުމާގެ، އިސްމާއިލް ހައިޝަމް ރަޝީދާއި މ. އިރާސްމިކުގެ، އަހްމަދު ޒިހާން އިސްމާއިލްގެ މައްޗަށެވެ.

އެ މައްސަލައިގައި އެ ދެ މީހުން އުމުރަށް ޖަލަށް ލުމަށާއި ގިސާސްގެ ގޮތުގައި 1.3 މިލިއަން ރުފިޔާ ދެއްކުމަށް މިދިޔަ ޖެނުއަރީ މަހު ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
ޔާމީނު ދިރިއުޅުނު ގޭގެ ސިޑިގޮޅީގައި ތޫނު އެއްޗަކުން ހަމަލާދީ އޭނާ ޤަތުލުކޮށްލި މައްސަލާގައި ދައުލަތުން ދައުވާކޮށްފައިވަނީ، ހ.އަންނާރުމާގޭ އިސްމާއީލް ހައިޝަމް ރަޝީދާއި، މ.އިރަސްމިކުގޭ އަޙްމަދު ޒިހާން އިސްމާއީލާއި، ގދ.ގައްދޫ ސިންދުބާދުގޭ، މުޙައްމަދު ދިފްރާނާއި، މ.ކުދެހިގޭ ޙަސަން ޝިފާޒާއި، މ.ތާއިފް އިސްމާއީލް ރަޝީދާއި، މ.ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދުގެ މައްޗަށެވެ.
ކްރިމިނަލް ކޯޓުން ޖެނުއަރީ 19 ގައި ހުކުމް އިއްވީ ޔާމީން މަރާލި ކަން ދެ މީހެއްގެ މައްޗަށް ސާބިތުވާ ކަމަށެވެ. އެއީ ހައިޝަމް އާއި ޒިހާންގެ މައްޗަށެވެ. ދެން ދައުވާ ލިބުނު މީހުންގެ މައްޗަށް ކުށް ސާބިތު ނުވެ ދޫވީއެވެ.

އެގޮތުން އޭގެ ތެރެއިން ދިފްރާނާއި އިސްމާއީލް ރަޝީދުގެ މައްޗަށް ދައުވާ ސާބިތުނުވި މައްސަލަ, ޕީޖީ އޮފީހުން ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފައެވެ.

މި ލިއުމާއި ގުޅޭ