Wednesday 31st May 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފިޠުރު ޒަކާތް

މިއަދުން ފެށިގެން ގޮވާމުން ފިޠުރު ޒަކާތް ބަލައިގަންނާނެ

މިއަދުން ފެށިގެން ގޮވާމުގެ ބާވަތްތަކުން ފިތުރު ޒަކާތް ބަލައިގަންނަން ފަށާނެކަން އިސްލާމިކް މިނިސްޓްރީން އިއުލާނުކޮށްފިއެވެ.

އިއްޔެ އިސްލާމިކް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ އޭޕްރީލް މަހުގެ 21 ވަނަ ދުވަސް ނުވަތަ 1443 ވަނަ އަހަރުގެ ރަމަޟާން މަހުުގެ 20 ވަނަ ދުވަހުން ފެށިގެން ގޮވާމުގެ ބާވަތްތަކުން ފިޠުރު ޒަކާތް ދެއްކުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށެވެ.

ގޮވާމުގެ ބާވަތްތަކުން ޒަކާތް ނެރެން ބޭނުންވާ ފަރާތްތަކުން ޒަކާތުގެ ގޮތުގައި ދައްކަންޖެހޭނީ އެ ބަޔކު އާންމު ގޮތެއްގައި ކެއުމަށް ބޭނުންކުރާ ގޮވާމުގެ ބާވަތަކުން ބޮލަކަށް 2.4 ކިލޯގެ މިންވަރު ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

އެގޮތުން ގޮވާމުން ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ ގޮވާމުގެ ބާވަތްތަކަކީ އާދައިގެ ހަނޑުލާއި، ތައިލެންޑް ހަނޑުލާއި، ބާސްމަތީ ހަނޑުލާއި، ރަތް ހަނޑޫގެ އިތުރަށް ގޮދަން ފުށާއި އާޓާ ފުށުންނެވެ.

ގޮވާމުގެ ބާވަތްތަކުން ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން 12:00 އަށް އަދި މެންދުރުފަހު 13:00 އިން ފެށިގެން 14:00 އާ ހަމައަށެވެ. އަދި ރޭގަނޑު 21:00 އިން 22:30 އާ ދެމެދުގައެވެ.

މާލޭގައި ގޮވާމުގެ ބާވަތްތަކުން ޒަކާތް ބަލައިގަތުމަށް ހަމެޖެހިފައިވަނީ ސެންޓާ ފޯ ހަޔާ އެޑިއުކޭޝަން (ސީއެޗްއެސްއީ) ހޯލުގައެވެ.

މި ލިއުމާއި ގުޅޭ