Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ވަލްޑަމިއަރު ޕުޓިން

އާ މިސައިލާއި އެކު ދުޝްމަނުން ދެވަނަ ފަހަރަށް ވިސްނަން ޖެހޭނެ: ޕޫޓިން

ރަޝިޔާއިން އެންމެ ފަހުން ޓެސްޓު ކުރި އިންޓަރކޮންޓިނެންޓަލް ބެލިސްޓިކް މިސައިލް (އައިސީބީއެމް) އާއި އެކު ރަޝިޔާގެ ދުޝްމަނުން ދެވަނަ ފަހަރަށް ވިސްނަން ޖެހޭނެ ކަމަށް އެ ޤައުމުގެ ރައީސް ވްލަޑިމިރް ޕޫޓިން ވިދާޅުވެއްޖެއެވެ.

މިސައިލު ޓެސްޓު ކުރުމަށްފަހު ރަޝިޔާގެ ސިފައިންނާއި މުހާތަބުކޮށް ޕޫޓިން ވަނީ މަރުހަބާ ދަންނަވާފައެވެ. އަދި އެ މިސައިލުގެ ސަބަބުން ރަޝިޔާގެ ސިފައިންގެ ބާރު އިތުރަށް ގަދަ ވެގެންދާނެ ކަމަށާއި ބޭރުގެ ނުރައްކާތަކުން ޤައުމު ސަލާމަތްވާނެ ކަމަށް ޕޫޓިން ވިދާޅުވިއެވެ.

އައިސީބީއެމް އަކީ ދުރު ރާސްތާއަށް ފޮނުވާލެވޭ ފަދަ މިސައިލެކެވެ. އާންމު ގޮތެއްގައި މި މިސައިލު ބޭނުން ކުރަނީ ނިއުކްލއިަރ ހަމަލާތައް ދޭން ޖެހިއްޖެނަމަ އެފަދަ ހާލަތެއްގައެވެ. ރަޝިޔާއިން މި ޓެސްޓު ކުރި އައިސީބީއެމް އިން އެމެރިކާއަށްވެސް ހަމަލާ ދޭން ޖެހިއްޖެނަމަ ދެވޭނެއެވެ.

ރަޝިޔާއިން މި މިސައިލު ތައްޔާރު ކުރަމުން އަންނަތާ 10 ވަރަކަށް އަހަރުވެއްޖެއެވެ. ޕޫޓިން އިތުރަށް ވިދާޅުވި ގޮތުގައި އަލަށް ޓެސްޓު ކުރި މިސައިލުގައި މިސައިލުން ދިފާއުވާ ނިޒާމުތަކަށް ނާރާގޮތަށް ހަމަލާ ދިނުމުގެ ޤާބިލުކަން ހުންނާނެއެވެ. އަދި އެއީ ކުރިއަށް އޮތް ދިގު މުއްދަތަކަށް ދުނިޔޭގައި އޭގެ ދެވަނަ އެއް ނުދެކޭނެ ފަދަ މިސައިލެއް ކަމަށްވެސް ވިދާޅުވިއެވެ.

ރަޝިޔާގެ އެއިރޯސްޕޭސް އޭޖެންސީ ގެ އިސްވެރިޔާ އެ މިސައިލު ސިފަކުރެއްވީ އެމެރިކާ އާއި ހުޅަނގުގެ ބައެއް ޤައުމުތައް އެކުވެގެން އުފައްދާފައި އޮންނަ އަސްކަރީ އިއްތިހާދު "ނޭޓޯ" އަށް ދިން ހަދިޔާއެއްގެ ގޮތުގައެވެ.

މި ލިއުމާއި ގުޅޭ