Monday 11th Dec 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ސްވިޑެން

ސްވިޑެންގައި ގުރުއާނުގެ ކޮޕީތައް އެންދުމާއި ދިވެހި ސަރުކާރުން ވަރަށް ބޮޑަށް ދެކޮޅު: މަބްރޫކް

ސްވިޑެން އަދި ޑެންމާކަށް ނިސްބަތްވާ ސިޔާސީ ލީޑަރެއް ކަމަށްވާ ރަސްމަސް ޕަލުޑަން އިސްވެ ހުރެ ހިންގާ ކީރިތ ޤުރުއާންގެ ކޮޕީތައް އެންދުމުގެ ހަރަކާތާއި ދިވެހި ސަރުކާރު ވަރަށް ބޮޑަށް ދެކޮޅު ކަމަށް ސަރުކާރުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ފާއިތުވި ހަފްތާގައި ރަސްމަސް ވަނީ ޑެންމާކްގެ ފުލުހުންގެ ހިމާޔަތުގައި ހުރެ، ޤުރުއާނުގެ ކޮޕީއެއް އަންދާލާފައެވެ. އަދި މިހާރު އޭނާ ދަނީ، ސްވިޑެންގައި މުސްލިމުން ގިނައިން ދިރިއުޅޭ ސިޓީތަކަށް ގޮސް މިފަދަ ހަރަކާތްތައް ހިންގުމަށް ތައްޔާރު ވަމުންނެވެ.

މިކަމާއި ގުޅިގެން އެ ސިޓީޓަކުގައި ދިރިއުޅޭ މުސްލިމުން ވަނީ މުޒާހަރާކޮށް، ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އަދި ބައެއް އިސްލާމީ ޤައުމުތަކުން ވަނީ ޑެންމާކް އާއި ސްވިޑެންގެ ސަފީރުން ހާޒިރުކޮށް އެކަމާއި ދެކޮޅަށް ފިޔަވަޅު އަޅަން އެދިފައެވެ. އަދި ބައެއް އިސްލާމީ ޤައުމުތަކުން ވަނީ އެކަން ކުށްވެރިކޮށް ބަޔާންވެސް ނެރެފައެވެ.

ދިވެހިރާއްޖެއިން މިފަދަ ބަޔާނެއް ނެރެފައިނުވެއެވެ. އަދި ރަސްމީކޮށް މިއިން އެއްވެސް ޤައުމަކާއި މުއާމަލާތުކޮށް ހިތްހަމަނުޖެހުން ފާޅުކުރިތޯ ފޮރިން މިނިސްޓްރީގެ ތަރުޖަމާން މިއުވާން އާއި ސުވާލު ކުރުމުން މިއުވާން އެއްވެސް ޖަވާބެއް ނުދެއްވައެވެ. އެހެން ނަމަވެސް ސަރުކާރުގެ ތަރުޖަމާން މަބްރޫކް އަޒީޒް "ދިޔަރެސް" އަށް ވިދާޅުވީ ދިވެހި ސަރުކާރު އެކަމާއި ވަރަށް ބޮޑަށް ދެކޮޅުކަމަށެވެ.

މީގެ ކުރިން މިފަދަ ކަންކަމުގައި ދިވެހި ސަރުކާރުން ވަނީ ވަރަށް ކެރިގެން ބަސްބުނެފައެވެ. މިގޮތުން ފޮރިން މިނިސްޓަރަކަށް އަލްމަރްހޫމް ފަތުހުﷲ ޖަމީލް ހުންނެވި ދުވަސްވަރު، އެމެރިކާ އިން ކިއުބާގެ ގުއަންޓަނާމޯ ބޭއި ގައި ހިންގާ އަސްކަރީ ޖަލުގައި 2005 ވަނަ އަހަރު ކީރިތި ޤުރުއާނަށް އިހާނަތިކޮށް ހިތުމުގެ އަމަލެއް ހިންގުމުން އަލްމަރްހޫމް ފަތުހުއްﷲ ޖަމީލު ވަނީ އެކަން ކުށްވެރިކޮށް އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް ކޮންޑޮލީޒާ ރައީސްއަށް ސީޓީފުޅެއް ފޮނުއްވާފައެވެ.

އެމެރިކާ ސިފައިން ޤުރުއާނަށް އިހާނަތިކޮށް ހިތިކަން ދިވެހި ސަރުކާރުން އަޑު އެހީ ނުހަނު ކަންބޮޑުވުމާއި އެކުގައި ކަމަށް ފަތުހުއްﷲ ޖަމީލު ވަނީ ވިދާޅުވެފައެވެ. އަދި އެކަމުގައި ޒިންމާވާ ފަރާތްތަކާއި ދޭތެރޭ ފިޔަވަޅު އަޅުއްވާނެކަމަށް އުއްމީދު ކުރައްވާކަމަށްވެސް އެ ސީޓީގައިވެއެވެ.

ރައީސް ސޯލިހް ވެރިކަމާއި ހަވާލުވުމަށްފަހު އިސްލާމީ އުއްމަތަށް ދިމާވާ މިފަދަ ކަންކަމަށް ދިވެހި ސަރުކާރުން މާބޮޑަކަށް ސަމާލުކަން ނުދެއެވެ. އަވަށްޓެރި އިންޑިއާގައި މުސްލިމުންނަށް ހަރުކަށި ހިންދޫންގެ އަނިޔާތަކާއި ކުރިމަތިލާން ޖެހިފައިވާއިރު އެކަމާއި ގުޅިގެން ދުވަހަކުވެސް ދިވެހި ސަރުކާރުން އެއްވެސް އެއްޗެކޭ ބުނެފައިނުވެއެވެ. އޭގެ ބަދަލުގައި އެ ޖަރީމާތަކުގެ މޭސްތިރިޔާ ކަމަށްވާ އިންޑިއާގެ ހަރުކަށި ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް ރައީސް ސޯލިހް ވަނީ ނިޝާން އިއްޒުއްދީން އިއްޒަތުގެ ލަޤަބު އަރުވާފައެވެ.

މި ލިއުމާއި ގުޅޭ