Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޔާމީން ރަޝީދު

ޔާމީން ރަޝީދުގެ މައްސަލާގައި ތުހުމަތުކުރެވޭ މީހުން ދޫވި މައްސަލަ އިސްތިއުނާފްކޮށްފި

މީގެ ފަސް އަހަރު ކުރިން އަނިޔާވެރިކަމާއެކު ޤަތުލުކޮށްލާފައިވާ ޔާމީން ރަޝީދުގެ ޤަތުލުގެ މައްސަލާގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ މީހުން ދޫވި މައްސަލަ ހައި ކޯޓުގައި މިއަދު އިސްތިއުނާފްކޮށްފިއެވެ.

ހައި ކޯޓުގައި އިސްތިއުނާފްކުރީ ގދ. ގައްދޫ، ސިންދުބާދުގެ، މުހައްމަދު ދިފްރާނާއި މ. ތާއިފް، އިސްމާއިލް ރަޝީދުގެ މައްސަލައެވެ.

ހައި ކޯޓުގައި މި މައްސަލަ އިސްތިއުނާފުކުރަން ނިންމާފައި ވަނީ މި ދެ މީހުންގެ މައްޗަށް ހުށަހެޅި ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެ ހުށަހެޅި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމުމާ ގުޅިގެންނެވެ.

އޭގެއިތުރަށް އެކަށީގެންވާ މިންވަރަށް ހެކި ބަސް ނުލިބިގެން ކޯޓަށް މައްސަލަ ހުށަނޭޅުމުން މ. ކުދެހިގޭ ހަސަން ޝިފާޒް އާއި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދުވެސް ވަނީ ދޫވެފައެވެ.

ޔާމީނު ދިރިއުޅުނު ގޭގެ ސިޑިގޮޅީގައި ތޫނު އެއްޗަކުން ހަމަލާދީ އޭނާ ޤަތުލުކޮށްލި މައްސަލާގައި ދައުލަތުން ދައުވާކޮށްފައިވަނީ، ހ.އަންނާރުމާގޭ އިސްމާއީލް ހައިޝަމް ރަޝީދާއި، މ.އިރަސްމިކުގޭ އަޙްމަދު ޒިހާން އިސްމާއީލާއި، ގދ.ގައްދޫ ސިންދުބާދުގޭ، މުޙައްމަދު ދިފްރާނާއި، މ.ކުދެހިގޭ ޙަސަން ޝިފާޒާއި، މ.ތާއިފް އިސްމާއީލް ރަޝީދާއި، މ.ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދުގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުން ޖެނުއަރީ 19 ގައި ހުކުމް އިއްވީ ޔާމީން މަރާލި ކަން ދެ މީހެއްގެ މައްޗަށް ސާބިތުވާ ކަމަށެވެ. އެއީ ހައިޝަމް އާއި ޒިހާންގެ މައްޗަށެވެ. ދެން ދައުވާ ލިބުނު މީހުންގެ މައްޗަށް ކުށް ސާބިތު ނުވެ ދޫވީއެވެ.

މި ލިއުމާއި ގުޅޭ