Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ވަހީދު

ފަލަސްތީނާ ދެކޮޅަށް ދޭ ހަމަލާތައް ރައީސް ވަހީދު ކުށްވެރިކުރައްވައިފި

އަސްކަރީ އިސްތިއުމާރުގެ ދަށުގައި ތިބި ފަލަސްތީނު މީހުންނާ ދެކޮޅަށް ހިންގާ ހަމަނުޖެހުންތައ ބަލައިނުގަނެވޭކަމަށް ވިދާޅުވެ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު އެ އަމަލުތައް ކުށްވެރިކުރައްވައިފިއެވެ.

އިޒްރޭލުން ފަލަސްތީނާއި ދެކޮޅަށް ހިންގާ ލާއިންސާނީ އަމަލުތައް ކުށްވެރިކުރައްވަމުން ޑރ. ވަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަސްކަރީ އިސްތިއުމާރުގެ ދަށުގައި ތިބި ފަލަސްތީނު މީހުންނާ ދެކޮޅަށް ހިންގާ ހަމަނުޖެހުންތަކަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

މީގެއިތުރުން ރައީސް ވަހީދު ވަނީ އިސްލާމް ދީނުގެ ތިން ވަނައަށް އެންމެ މުގައްދަސް ބިނާ ކަމަށްވާ އަލް އަޤްޞާ މިސްކިތުގައި ކުށެއްނެތް އަޅުކަންކުރާ މީހުންނާ ދެކޮޅަށް މިއަދު ހިންގި ހަމަނުޖެހުންތައް ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށްވެސް ވިދަޅުވެފައެވެ.

އެމަނިކުފާނު ވިދާޅުވީ އިސްތިޢުމާރާއި ނަސްލީ ތަފާތުކުރަންތައް ހުއްޓައިލަން ޖެހޭކަމަށެވެ.

މި ލިއުމާއި ގުޅޭ