Wednesday 27th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިންޑިއާ

އިންޑިއާގައި އިންސާނީ ޙައްޤުތަކާ ޚިލާފު އަމަލުތައް އަންނަނީ އިތުރުވަމުން: ބްލިންކެން

އިންޑިއާގައި އިންސާނީ ޙައްޤުތަކާ ޚިލާފު އަމަލުތައް ވަރަށް ބޮޑަށް އިތުރުވަމުން އަންނާތީ އެކަން ގާތުން ބަލަމުންދާ ކަމަށް އެމެރިކާގެ ޚާރިޖީވަޒީރު އެންޓަނީ ބްލިންކެން ވިދާޅުވެއްޖެއެވެ. މިއީ އިންޑިއާގެ އިންސާނީ ޙައްޤުތަކުގެ ރެކޯޑާމެދު އެމެރިކާގެ އިސް އޮފިޝަލަކު މިހާ ފާޅުކަން ބޮޑުކޮށް ވާހަކަދެއްކެވި ފުރަތަމަ ފަހަރެވެ.

އިންސާނީ ޙައްޤުތަކާ ގުޅޭ ކަންކަމުގައި އަބަދުވެސް އިންޑިއާއާއެކު އެމެރިކާއިން ކައިރިން މަސައްކަތްކުރާ ކަމަށާއި، ނަމަވެސް ފަހަކަށް އައިސް އިންޑިއާގެ ބައެއް އޮފިޝަލުންނާއި ފުލުހުންނާއި ޖަލު ބަލަހައްޓާ އޮފިސަރުން ކިބައިން އިންސާނީ ޙައްޤުތަކާ ޚިލާފު އަމަލުތައް ފެންމަތިވާކަން ފާހަގަވެފައިވާ ކަމަށް ބްލިންކެން ވިދާޅުވިއެވެ.

ބްލިންކެން މިފަދައިން ވިދާޅުވީ އެމެރިކާގެ ދިފާއީ ވަޒީރު ލިއޯޑް އޮސްޓިން އަދި އިންޑިއާގެ ޚާރިޖީވަޒީރު ސްބްރަމާނިޔަމް ޖަޔަޝަންކަރާއި އިންޑިއާގެ ދިފާއީ ވަޒީރު ރަޖްނަތު ސިންހާއެކު ބޭއްވެވި ގުޅިފައިވާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ދެއްވި ބަޔާނެއްގައެވެ.

ބްލިންކެންގެ ބަޔާނުގައި އިންސާނީ ޙައްޤުތަކާ ގުޅޭ ގޮތުން ފާހަގަކުރެއްވުނު ކަންކަމުގެ އިތުރު ތަފުސީލެއް ނުދެއްވައެވެ. އަދި ޖަޔަޝަންކަރާއި ސިންހުގެ ބަޔާނުގައި އެއިން ބޭފުޅެއް ބްލިންކު ފާހަގަކުރެއްވި އިންސާނީ ޙައްޤުތަކުގެ މައްސަލައަށް އަލިއަޅުވައިނުލައްވައެވެ.

މިފަދަ ގޮތަކަށް އިންޑިއާގެ އިންސާނީ ޙައްޤުތަކުގެ ޙާލަތުގެ މައްޗަށް ބްލިންކެން އަލިއަޅުވައިލެއްވިއިރު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުން ހިންގާ އިންސާނީ ޙައްޤުތަކާ ޚިލާފު އަމަލުތައް ކުށްވެރިކުރުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ސަރުކާރުން ފަސްޖެހޭކަމަށް ވިދާޅުވެ، އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު އިލްހާން ޢުމަރުވަނީ ބައިޑަންގެ ސަރުކާރަށް ފާޑުވިދާޅުވެފައެވެ.

"ސުލްހައިގެ ބައިވެރިއެއްގެ ގޮތުގައި ނަރެންދުރަ މޯދީގެ ސަރުކާރު ދުށުން އެމެރިކާއިން ހުއްޓާލައިނީ އިންޑިއާގެ މުސްލިމުންނަށް މޯދީ ކިހައިވަރެއް ކުރީމަބާ؟،" އިލްހާން އުމަރު ސުވާލުކުރެއްވިއެވެ. އޭނާއަކީ ބައިޑަންގެ ޑިމޮކްރެޓިކް ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރެކެވެ.

މޯދީއަށް ފާޑުކިޔާ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި 2014 ވަނަ އަހަރު ވެރިކަމަށް އައުމަށްފަހު މޯދީގެ ބީޖޭޕީން ގެންދަނީ އެ ޤައުމުގެ ބައިމަދު މުސްލިމުންނާމެދު އަނިޔާވެރި އަމަލުތައް ހިންގުމަށް ހިތްވަރުދީ ދީނީ ނަފުރަތު އުފައްދަން ޖާގަ ތަނަވަސްކުރަމުންނެވެ.

ހިންދޫން އެހެން ދީންތަކަށް ވަނުން ހުއްޓުވުމުގެ ނަމުގައި، މޯދީ ވެރިކަމަށް ވަޑައިގެންނެވި ފަހުން ހަރުކަށި ހައްދުފަހަނައެޅި ހިންދޫ ޖަމާއަތްތަކުން ގެންދަނީ ބައިމަދު މުސްލިމުންނާއި އެހެން ދީންތަކުގެ މީހުންނަށް އަނިޔާކޮށް ދުއްތުރާކުރަމުންނެވެ. އިންޑިއާ ސަރުކާރުން އެކަންކަން ހުއްޓުވަން އެކަށީގެންވާ ގޮތެއްގައި މަސައްކަތްނުކުރެއެވެ.

އަދި 2019 ވަނަ އަހަރު މޯދީގެ ސަރުކާރުންވަނީ އެ ޤައުމަށް ހިޖުރަކުރާ އެހެން ޤައުމުތަކުގެ މީހުންނަށް ރަށްވެހިކަން ދޭ ޤާނޫނެއް ހަދައި އެ ޤާނޫނުން މުސްލިމުން އިސްތިސްނާކޮށްފައެވެ. ގިނަ ބަޔަކު ދެކޭ ގޮތުގައި އެ ޤާނޫނަކީ ޣައިރު ދުސްތޫރީ ޤާނޫނެކެވެ.

މި ލިއުމާއި ގުޅޭ