Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިންޑިއާ

މުސްލިމުން ދުއްވާ ޓެކްސީތަކަށް ނޭރުމަށް ހަރުކަށި ހިންދޫ ޖަމާއަތަކުން ގޮވާލައިފި

އިންޑިއާގެ ކަރްނާޓަކާ ސްޓޭޓުގައި ހަރަކާތްތެރިވާ ހިންދޫ ހަރުކަށި ޖަމާއަތެއް ކަމަށްވާ ބަހާރަތާ ރަކްޝަނާ ވެޑިކެ އިން، އެ ސްޓޭތުގައި ތިބޭ މުސްލިމް ޓެކްސީ ޑްރައިވަރުންނާއި ދެކޮޅަށް ކެމްޕެއިނެއް ފަށައިފިއެވެ.

އެ ޖަމާއަތުގެ މެމްބަރުން މިގޮތުން ދަނީ ގޭގެއަށް ގޮސް، މުސްލިމް ޓެކްސީ ތަކަށާއި މުސްލިމުން އޮޕަރޭޓު ކުރާ ބަސްތައް ބޮއިކޮޓު ކުރުމަށް ނަސޭހަތް ދެމުންނެވެ.

މިފަދަ ކެމްޕެއިނެއް މިޖަމާއަތުން ފަށާފައިވާއިރު އެ ސްޓޭޓުގެ ބީޖޭޕީ ލީޑަރުން ވަނީ މުސްލިމް ވިޔަފާރިތައް ބޮއިކޮޓު ކުރުމަށާއި، ހަލާލު މަސް ނުގަތުމަށާއި، ބުރުގާ މަނާ ކުރުމަށް ގޮވާލާ ކެމްޕެއިން ހިންގަމުންނެވެ. ކަރްނާޓަކާ ސްޓޭޓުގެ ޔުނިވަސިޓީތަކަށް މިހާރު ބުރުގާ އަޅައިގެން ދިޔުން މަނަލެވެ. އަދި ބައެއް ފަރާތްތަކުން ދަނީ އަޑު ގަދަކޮށް ބަންގި ގޮވުން ވެސް މަނާކުރަން ގޮވާލައި ކެމްޕެއިނެއް ހިންގަމުންނެވެ.

މިފަދަ ކެމްޕެއިނެއް ހިނގަމުންދާއިރު މީގެ ދުވަސްކޮޅެއް ކުރިން ހިންދޫ ފާދިރީއަކު ވަނީ މިސްކިތެއް ކައިރިއަށް ގޮސް މުސްލިމް އަންހެނުން ވަގަށް ނަގައި ރޭޕް ކުރާނެ ކަމަށްވެސް ބުނެފައެވެ. އޭނައާއި ދެކޮޅަށްވެސް އެކަމާއި ގުޅިގެން މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވެއެވެ.

އިންޑިއާގައި މުސްލިމުންނަށް ކުރާ ގޯނާ ދަނީ ދުވަހަކަށްވުރެ ދުވަހެއް އިތުރުވަމުންނެވެ. ރަމަޟާން މަހުވެސް އިންޑިއާގެ ބައެއް ސްޓޭޓުތަކުގައި މިސްކިތްތައް ކުރިމަތީ މުސްލިމުންނަށް ފުރައްސާރަކުރަން ހަރުކަށި ހިންދޫ ފިކުރުގެ މީހުން އެކި އަމަލުތައް ހިންގަމުން އެބަދެއެވެ. އެހެން ނަމަވެސް އެއިން އެއްވެސް ބަޔަކާއި ދޭތެރޭ ފިޔަވަޅެއް ނާޅައެވެ.

އިންޑިއާގެ ވެރިކަމުގައި މިހާރު ހުރި ނަރެންދުރަ މޯދީ އަކީ ހިންދޫ ހަރުކަށި ފިކުރުގެ މީހެކެވެ. މޯދީ ބޮޑުވަޒީރަކަށް ވުމުގެ ކުރިން އޭނާ އަޑީގައި ހުރެގެން މުސްލިމުންނާއި ދެކޮޅަށް ބޮޑު ގަތުލު އާންމެއް ގުޖުރާތު ސްޓޭޓުގައި ހިންގިއެވެ. މޯދީ އަކީ ފާޅުގައި މުސްލިމުންގެ އަދާވާތްތެރިއެއް ނަމަވެސް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ މޯދީއަށް ނިޝާން އިއްޒުއްދީން އިއްޒަތުގެ ލަޤަބު އަރުވާފައިކަން ފާހަގަކުރެވެއެވެ.
މި ލިއުމާއި ގުޅޭ