Monday 11th Dec 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ސްޓެލްކޯ

ކަރަންޓުގެ ބޭނުންކުރާ މިންވަރު މަދު ކުރުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފި

މިދުވަސްވަރު ކަރަންޓު އިޤްތިސާދު ކުރުމަށް ސަމާލުކަން ދިނުމަށް ދައުލަތުގެ ކަރަންޓު ކުންފުނި ސްޓެލްކޯއިން އިލްތިމާސްކޮށްފިއެވެ.

މާލެ ސަރަހައްދަށް ކަރަންޓުދޭ ސްޓެލްކޯ އިން މިއަދު ބުނެފައިވާ ގޮތުގައި މިއީ ރާޢްޖެއަށް އެންމެ ހޫނުގަދަ ދުވަސްވަރު ކަމަށް މޫސުމާއި ބެހޭ އިދާރާއިން ލަފާކޮށްފައިވާއިރު، އަދި މިދުވަސްވަރާއި ރޯދަ މަހާއި ދިމާވެފައިވާ އިރު، ކަރަންޓު އިޤްތިސާދު ކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެދޭ ކަމަށެވެ.

މިގޮތުން އެންމެ ގިނައިން ކަރަންޓު ބޭނުން ކުރާ ކަމަށް ބެލެވޭ، އޭސީ ފަދަ ވަސީލަތްތައް ބޭނުން ކުރުމުގައި އިތުރަށް ސަމާލުވުމަށް އިލްތިމާސް ކުރާކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ މިހިނގާ އޭޕްރިލް މަހަކީ ރާއްޖެއަށް ފަހުގެ ތާރީހެއްގައި އަންނަ އެންމެ ހޫނު ގަދަ މައްސަރުކަމަށް ބުނެފައެވެ.

ރާއްޖޭގެ ގިނަ ހިސާބުތަކަށް ވާރޭ ނުވެހޭއިރު، ދާދި ފަހުން ޅ.ނައިފަރުގައި ވަނީ އިސްތިސްޤާ ނަމާދުވެސް ކޮށްފައެވެ. އަދި އައްޑޫ ސިޓީގައި ހޫނު ގަދަވެގެން ބައެއް ކުޅިތަކުގައި ހުރި މަސްވެސް ވަނީ މަރުވެފައެވެ.

މި ލިއުމާއި ގުޅޭ