Sunday 24th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފަލަސްތީން

ފާއިތުވި 22 އަހަރުތެރޭ އިޒްރޭލުން ފަލަސްތީނުގެ 19،000 ކުޑަކުދިން ހައްޔަރުކުރި

މި ހިނގާ 21 ވަނަ ގަރުނު ފެށުނު ފަހުން އިޒްރޭލުން ފަލަސްތީނުގެ 19،000 އަށްވުރެ ގިނަ ކުޑަކުދިން ހައްޔަރުކޮށްފައިވާ ކަމަށް ޕަލަސްތީނިއަން ޕްރިޒަނަރ ސޮސައިޓީއިން ހާމަކޮށްފިއެވެ.

ބައިނަލްއަޤްވާމީ ފަލަސްތީނުގެ ކުޑަކުދިންގެ ދުވަހާއި ގުޅުވައިގެން އެ ޖަމިއްޔާއިން ނެރުނު ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި 2000 ވަނަ އަހަރުގެ ފަހުން އިޒްރޭލުން ވަނީ ފަލަސްތީނުގެ 19،000 އަށްވުރެ ގިނަ ކުޑަކުދިން ހައްޔަރުކޮށްފައި ކަމަށެވެ. އަދި އޭގެ ތެރޭގައި 10 އަހަރު ނުވާ ކުދިންވެސް ހިމެނޭކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ.

2015 ވަނަ އަހަރުން ފެށިގެން އިޒްރޭލުން ފަލަސްތީނުގެ ކުޑަކުދިން ހައްޔަރު ކުރާ މިންވަރު އިތުރުވެފައިވާ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ. މިގޮތުން 2015 ވަނަ އަހަރުން ފެށިގެން ފާއިތުވި މާޗު މަހުގެ ނިޔަލަށް 9000 ކުޑަކުދިން އިޒްރޭލުން ހައްޔަރުކުރި ކަމަށްވެއެވެ. އޭގެ ތެރެއިން 160 ކުދިން ތިބީ އަދިވެސް އިޒްރޭލުގެ ޖަލުތަކުގައެވެ.

އަދި އިޒްރޭލުން ވަނީ ޖިނާއީ ދައުވާ އުފުލައި އަދަބު ދެވޭ އެންމެ ދަށް އުމުރަކީ 12 ކަމަށް މިހާރު ޤާނޫނަކުން ފާސްކޮށްފައެވެ. ފާއިތުވި 2021 ވަނަ އަހަރު އެކަނިވެސް 471 ކުޑަކުދިން އިޒްރޭލުގެ އަނިޔާވެރި ސިފައިން ހައްޔަރުކުރިއެވެ.

ޕަލަސްތީނިއަން ޕްރިޒަނަރ ސޮސައިޓީގެ ރިޕޯޓުގައި ވާގޮތުން، އިޒްރޭލުން ހައްޔަރުކުރާ ކުޑަކުދިންނަށް އިންސާނިއްޔަތާއި ހިލާފު އެތައް އަނިޔާވެސް ކުރެއެވެ. މިގޮތުން ޖަލުތަކުގައި އާއި ތަހުގީގަށް ބަންދުކުރާ ތަންތަނުގައި އެކުދިންނަށް ކަން ނުދީ ބޭތިއްބުމާއި ބިޑި އެޅުވުމާއި ޤާނޫނީ އެހީތެިރކަން ފޯރުކޮށް ނުދިނުން ފަދަ ކަންކަން ކުރާކަމަށް ބުނެފައިވެއެވެ.

އަދި މަޖުބޫރުން އިއުތިރާފުގެ ބަޔާންތަކުގައި ސޮއިކޮށް ޝަރީޢަތް ނިމެންދެންވެސް އެކުދިން ބަންދުގައި ބައިތިއްބާކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އިޒްރޭލުން މިހެން ހައްޔަރު ކޮށްފައިވާ ބައެއް ކުދިން ޅައުމުރު އެއްކޮށް ޖަލުތަކުގައި ހޭދަކޮށްފައިވެއެވެ.

މި ލިއުމާއި ގުޅޭ