Tuesday 21st Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ނަޝީދު

ނަޝީދު ވިދާޅުވަނީ މިއީ ދިވެހި ފައިސާ ގަނެ ވިއްކާ އަގު ހިފެއްހެއްޓުމެއް ނެތި ދޫކޮށްލަންވީ ވަގުތުކަމަށް

މިއީ ދިވެހިރާއްޖޭގެ ފައިސާ ގަނެ ވިއްކާ އަގު ހިފެއްހެއްޓުމެއް ނެތި ދޫކޮށްލަން ވީ ވަގުތު ކަމުގައި ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.

ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ވެއްޓިފައިވާ ކަމަށް ބުނާ ހަބަރެއް ޓުވިޓާގައި ހިއްސާ ކުރައްވަމުން ނަޝީދު ވިދާޅުވީ އެމަނިކުފާނަށް ފެންނަ ގޮތުގައި މިއީ ރާއްޖޭގެ ފައިސާ ގަނެ ވިއްކާ އަގު ހިފެހެއްޓުމެއް ނެތި ދޫކޮށްލަންވީ ވަގުުތު ކަމަށެވެ. އަދި އޭރު ޑޮލަރުގެ ކަޅުބާޒާރު މުޅިން ނައްތާލެވިދާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ރާއްޖޭގައި އޮންްނަނީ ފިކްސްޑް އެކްޗްސްޗޭންޖް ރޭޓް ނިޒާމެކެވެ. މި ނިޒާމުގެ ދަށުން ދިވެހި ފައިސާގެ އަގު ހުންނަނީ ޑޮަލަރާއި ޕެގްކުރެވިފައެވެ. އަދި ފައިސާގެ އަގު ރަސްމީކޮށް ހުންނަނީ ހިފެހެއްޓިފައެވެ. އެހެން ނަމަވެސް ޑޮލަރު ލިބުން ދަތިވުމުން ޑޮލަރު ގަންނަން ލިބޭ އަގު ބޮޑުވެ ޑޮލަރަކަށް ހޭދަކުރަން ޖެހޭ ފައިސާގެ މިންވަރު ކަޅުބާޒާރުގައި އިތުރުވެއެވެ.

ފްލޯޓިން އެކްސްޗޭން ރޭޓް ނިޒާމެއް އޮންނަ ޤައުމުތަކުގައި މަރުކަޒީ ބޭންކަކުން ފައިސާގެ އެކްޗްސްޗޭންޖް ރޭޓަކީ ވަކި އަދަދެއް ކަމުގައި ކަނޑަނާޅާނެއެވެ. އެކްސްޗޭންޖް ރޭޓް ބިނާ ވެގެންދާނީ ބާޒާރުގައި އެ ފައިސާއަށް އޮތް ޑިމާންޑަށް ބަލައެވެ.

ރައީސް ނަޝީދުގެ ވެރިކަމުގައި ޑޮލަރު ލިބުން ދަތިވެ ކަޅުބާޒާރުގައި ޑޮލަރުގެ އަގު އިންތިހާއަށް އުފުލުމުން އޭރުގެ ސަރުކާރުން ވަނީ ސަރުކާރުގެ އެކްސްޗޭންޖް ރޭޓަށްވުރެ 20 އިންސަައްތަ މަތިން އަދި 20 އިންސައްތަ ދަށުންވެސް ޑޮލަރު ގަނެ ވިއްކިދާނެ ކަމަށް ނިންމާފައެވެ. އޭރު ޑޮލަރު ގަނެ ވިއްކަމުން އައި ރަސްމީ ރޭޓަކީ 12.85 އެވެ. އެގޮތަށް ނިންމުމާއި އެކު 15.42 އަށް އެކްސްޗޭންޖް ރޭޓު ބަދަލުވެގެން ދިޔައެވެ. އަދި ކަޅުބާޒާރުގައި ޑޮލަރު ވިކެމުން ދިޔައީ އެއަށްވުރެވެސް ބޮޑު އަގުގައެވެ.

ރައީސް ނަޝީދުގެ ވެރިކަމުގެ 3 އަހަރަކީ އިޤްތިސާދީ ގޮތުން ދިވެހިރާއްޖެ ވަރަށް ފުން އަނދަވަޅަކަށް ވެއްޓުނު 3 އަހަރުކަން ފާހަގަކޮށްލެވެއެވެ.

މި ލިއުމާއި ގުޅޭ