ޔުކްރެއިން ރަޝިޔާ ހަނގުރާމައަށް ފަހު ރާއްޖޭގެ ފަތުރުވެރިކަމުގައި ރަޝިޔާ މާކެޓު 70 ޕަސެންޓް ދަށްވެފައިވާކަމަށް ޓުރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.
ޑރ. މައުސޫމް މިފަދައިން ވިދާޅުވީ ކޮޅުމަޑުލު އަތޮޅުން ރިސޯޓު ތަރައްޤީކުރުމަށް ދޫކޮށްފައިވާ ރަށްތަކުގެ މަސައްކަތް ކުރިއަށްނުދާ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވްނ މަޖިޅިހަށް ހާޒިރުވެ އިތުރު ސުވާލުގެ ވަގުތުގައި ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލް މުޣްނީ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ކޮވިޑަށް ފަހު ފަތުރުވެރިކަން އިޔާދަކުރަން ފަށައިގަތްއިރު ރަޝިޔާ މާކެޓަކީ ވަރަށް މުހިއްމު މާކެޓަކަށް ވެފައި އޮތްކަން ފާހަގަކުރައްވާ މުޣްނީ ކުރެއްވި ސުވާލަކީ ރަޝިޔާ [މާކެޓް] މިހާރު އެ އޮތް ހާލަތުން އަރައިގަތުމަށް އެހެން މާކެޓްތައް ހޯދުމަށް ކިހާވަރެއްގެ މަސައްކަތެއް ކުރެވޭތޯއެވެ.
"ހުރިހާ ދިމާލަކުންވެސް ފެން ނަގަން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ"ޑރ. އަބްދުﷲ މައުސޫމް
ޑރ. މައުސޫމް ވިދާޅުވީ ރަޝިޔާ މާކެޓް އޮތީ ވަރަށް ތިޔާގޮކޮށްކަމަށާއި ރަޝިޔާ އުކްރެއިން ހަނގުރާމައަށް ފަހު އެ މާކެޓް ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާކަމަށެވެ. އަދި ޔުކްރެއިން މާކެޓް މުޅިންހެން ގެއްލިފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"އެއްވަނައިގައި އޮތް ރަޝިޔާ މާކެޓް ދެވަނައަށް ވެއްޓި 11.9 ޕަސެންޓްގައި. ގަދަ 10 ގައި ހިމެނުނު ޔުކްރެއިން ގަދަ 10 އަކުން ނައްޓާލާފައި 11 އަށް ވެޓި 1.9 ޕަސެންޓުގައި" މައުސޫމް ވިދާޅުވިއެވެ. ޑރ. މައުސޫމް ވިދާޅުވީ ލިބުނު ގެއްލުމުން އަރައިގަތުމަށް ކުރިން ހުރި މާކެޓްތައް އިތުރަށް ފުރިހަމަކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށެވެ.
މީގެއިތުރުން މިނިސްޓަރު ވިދާޅުވިގޮތުގައި ޓުރިޒަމް ކުރިއެރުވުމަށް ކައިރި ގައުމުތަކުގެ މާކެޓްތަކަށް އިސްކަން ދޭން ޖެހެއެވެ. އެގޮތުން އިންޑިއާ މާކެޓަކީ މިދިޔަ އަހަރު ރާއްޖެއަށް ވަރަށް މުހިއްމު ޕަސެންޓެއް އިތް މާކެޓެއްކަން އަދި އެއްވަނައިގަ އޮތް މާކެޓުކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ މިއަދު އިންޑިއާ މެޚްތ ހިއްސާކުރަނީ 10.9 ޕަސެންޓްކަމަށެވެ. މިނިސްޓަރު ވިޑާޅުވީ އެ މާކެޓް ކުރިއަރުވަން މަސައްކަތް ކުރަން ޖެހޭކަމަށެވެ.
މިނިސްޓަރު ވިދާޅުވިގޮތުގައި 12 ޕަސެންޓާއި އެކު މިހާރު އެއްވަނައިގައި އޮތީ ޔޫކޭ މާކެޓެވެ.
މިނިސްޓަރު ވިދަޅުވީ ރާއްޖެގެ ޕްރޮޑަކްޓް އޮތީ މުޅި ދުނިޔެއަށް ކަމުދާ ގޮތަށް ރާވާލާފައިކަމަށާއި ހުރިހާ މާކެޓަކުން މީހުން އަންނާނެ ގޮތް ވޭތޯ ބަލަން ޖެހޭކަމަށެވެ. އެގޮތުން ދުނިޔެއަށް އަންނަ ލޮޅުމަކުން ރާއްޖޭގެ ޓޫރިޒަމަށް ބޮޑު ލޮޅުމެއް ނާންނާނެ ގޮތް ހެދުމަކީ މުހިއްމު ކަމެއް ކަމަށް މިނިސްތަރު ވިދާޅުވެފައިވެއެވެ.