Saturday 9th Dec 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރަމަޟާން މަސް

ރަމަޟާން މަހަށް އެ ނަން ދެވުނު ސަބަބަކީ ކޮބާ؟

ރަމަޟާން މަހަކީ ހިޖުރީ މަސްތަކުގެ ތަރުތީބުން ހަތްވަނަ މަހެވެ. އެ މަހަކީ މުސްލިމުންނަށް ޚާއްޞަ އަހަރުގެ އެހެން މަސްތަކާ ތަފާތު މަހެކެވެ. އެ މަސް އަހަރުގެ އެހެން މަސްތަކާ ތަފާތުވަނީ މުސްލިމުން އެ މަހުގައި އަދާކުރާ ޚާއްޞަ އަޅުކަމެއްގެ ސަބަބުންނެވެ. އެއީ އިސްލާމްދީނުގެ ރުކުންތަކުގެ ތެރޭގައި ހިމެނޭ ރޯދައިގެ ފަރުޟު އަދާކުރުން ޚާއްޞަވެފައިވާ މައްސަރެވެ.

ރަމަޟާން މަހަށް ދެވިފައިވާ ނަމުގެ މާނައަކީ އަދި އަސްލަކީ ކޮބައި ހެއްޔެވެ؟ ރަމަޟާން މި ނަމަކީ އިސްލާމްދީނުގެ ކުރިންވެސް އެ މައްސަރަށް ކިޔޭ ނަމެވެ. ރަމަޟާނުގެ އިތުރަށް "ނާތިޤު"ގެ ނަންވެސް ރަމަޟާން މަހަށް ކިޔައިއުޅުނެވެ.

"ރަމްޟް" އަދި ހޫނުކަން ގަދަވުން

އަލްޖަޒީރާގެ ބަހަވީ މުހައްރިރު ޢައްމާރު ޔަޙުޔާ ލިޔުއްވާފައިވަނީ ރަމަޟާން މި ލަފްޒުގެ މުލަކީ ނުވަތަ އަސްލަކީ ރާ، މީމް، ޟާދު މި ތިން އަކުރު ކަމަށެވެ. އަދި މި ތިން އަކުރުގެ އަސްލު މާނައަކީ އެއްވެސް ކަމެއް އާދައިގެ މިންވަރަށްވުރެ ގަދަވުމެވެ. އެއީ ހޫނު އަދި އެ ނޫންވެސް ކަންތަކެވެ.

އުތުރަށް އޭނާ ލިޔުއްވިއެވެ. އައްރަމަޟް ކިޔައިއުޅެނީ ގަދަ ހޫނަށެވެ. އެ އަސްލުގެ މައްޗަށް ބިނާކޮށް ވެއްޔަށް ނުވަތަ ހިލައަށް އިރުގެ ހޫނުކަމުން އަރާ ހޫނަށް ރަމްޟާއު މިފަދައިން ކިޔެއެވެ. އަދި މި ހޫނަކީ އިހުގައި އަރަބިން ފުއްލާ ޝިކާރަކުރުމުގައި ބޭނުންކުރާ ހޫނެއް ކަމަށް އޭނާ ލިޔުއްވިއެވެ. އެގޮތުން މެންދުރުގެ ހޫނުގައި ފުއްލާ ފަހައި ދުވެއެވެ. އަދި ހޫނު ގަދަވުމުގެ ސަބަބުން ފުއްލާގެ ހަތަރެސްފައި ހަލާކުވެ ވަރުބަލިވެ މަޑުޖެހުމުން އެ ފުއްލާ އަތުލައިގަންނަ ކަމަށެވެ. މި ގޮތަށް މިކަންކުރުމަށް އަރަބިން ދީފައިވާ ނަމަކީ "އައްތަރައްމުޟު" މި ނަމެވެ.

އެހެންކަމުން ރަމަޟާން މަހަށް އެ ނަން ދެވުމުގައި އެ މައްސަރާ ހޫނާ އޮތީ ކޮން ގުޅުމެއް ހެއްޔެވެ؟ އެ ސުވާލުގެ ޖަވާބުގައި ޔަޙުޔާ ވިދާޅުވީ ރަމަޟާން މަހުގައި ރޯދައަށް ހުންނަ ރޯދަވެރިޔާ އިހުސާސްކުރާ ހައިހޫނުކަމުގެ ސަބަބުން އޭނައި މައިދާއަށް ހޫނުކަން އިހުސާސުވެއެވުމަކީ ހަގީގަތެކެވެ. ނަމަވެސް އެއީ ރަމަޟާން މަހަށް ހޫނާ ގުޅުވައިގެން ނަން ދެވުނު ސަބަބެއް ނޫނެވެ.

އިހުގައި އަރަބިން މަސްތަކަށް ނަން ދީފައިވަނީ ޒަމާނާއި، އެ ޒަމާނާ ގުޅިފައިވާ މޫސުމީ ސިފަތަކަށް ރިއާޔަތްކޮށްގެންނެވެ. އެގޮތުން ބައެއް ދުވަސްވަރާ ދިމާވަނީ ވާރޭއާއި ތެތްކަމާއެވެ. އެ މޫސުމަށް އެމީހުން ދިނީ ރަބީޢުގެ ނަމެވެ. ބައެއް ދުވަސްތައް ދިމާވީ ގަދަ ހޫނާއެވެ. އެ ދުވަސްތަކަށް އެ މީހުން ރަމަޟާނުގެ ނަމުން ނަން ދިނީއެވެ.

ރަަމާޟާނަށް ކިޔޭ އެހެން ބައެއް ނަންތައް

ބުނެވޭ ގޮތުން ރަމަޟާން މަހަށް އެ ނަން ދިނީ ޤުރައިޝުންގެ ބޮޑެއް ކަމަށްވާ "ކިލާބް ބިން މުއްރާ"އެވެ. އަދި ބުނެވޭ ގޮތަކީ ރަމްޟުގެ އެއް މާނަ ކަމުގައިވާ ތޫނުކަމާވެސް ރަމަޟާން މަހުގެ ނަމާ ގުޅުމެއްވެއެވެ. އެއީ ރަމަޟާން މަހަކީ ޢަރަބިން އެ މީހުންގެ ހަތިޔާރު ތޫނުކުރާ މައްސަރު ކަމުގައިވާތީއެވެ. އެއީ ޙުރަމަތްތެރިވެގެންވާ މަސްތައް ފެށުމުގެ ކުރިން ޝައްވާލުގައި އެ މީހުންގެ ހަނގުރާމަތައް ނިންމައިލުމަށް ތައްޔާރުވުމަށެވެ.

އިމާމް މާވަރުދީއާއި އައްޒަމަޚުޝަރީ ފަދަ ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ޢަރަބިން މި ބަރަކާތްތެރި މައްސަރަށް ކުރިން ކިޔައިއުޅުނު އެއް ނަމަކީ އައްނާތިޤެވެ. އެ ފަދައިން ނަން ދެވިފައިވަނީ ރަމަޟާން މަހުގެ ހޫނު ގަދަކަމުގެ ސަބަބުން އުފުލަންޖެހޭ ބުރައިގެ ބޮޑުކަމުން އެ މައްސަރަކީ އެ މީހުންގެ ކިބައިން ބަދަލުހިފާ މަހެއްގެ ގޮތުގައި ސިފަކުރުމަށެވެ.

މި ލިއުމާއި ގުޅޭ