Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާ

އިޙްޔާ ފޯރަމް މިރޭ ފަށާނެ، އަތޮޅުތަކުގައިވެސް ފޯރަމް އޮންނާނެ

މި އަހަރުގެ ރަމަޟާންމަހުގެ ރޭތައް އިޙްޔާކުރުމަށް ކުރިއަށްގެންދާ އިޙްޔާ ފޯރަމްގެ ފުރަތަމަ ޕްރޮގްރާމް މިރޭ ފަށާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

މިނިސްޓްރީން ބުނީ މިއަހަރު މާލޭގެ އިތުރުން އަތޮޅުތަކުގައިވެސް މި ފޯރަމް އޮންނާނެކަމަށެވެ. އެގޮތުން އަތޮޅުތަކުގައި އިހްޔާ ފޯރަމްތައް އޮންނާނީ އައްޑޫ ސިޓީ އާއި ކުޅުދުއްފުށި ސިޓީ އާއި ފުވައްމުލަކު ސިޓީގެ އިތުރުން ރ. އުނގޫފާރުގައެވެ.

އިސްލާމިކް މިނިސްޓްރީން ބުނިގޮތުގައި މިރެއިން ފެށިގެން ކޮންމެ އާދީއްތަ އަދި ބުރާސްފަތި ދުވަހެއްގެ ރޭ 9:30 އިން 10:30 އަށް މާލޭގައި އިހްޔާ ފޯރަމްތައް ބާއްވާނެ ކަމަށެވެ. އިހްޔާ ފޯރަމް ބާއްވާނީ އިސްލާމީ މަރުކަޒުގައެވެ.

މިރޭ އިސްލާމީ މަރުކަޒުގައި އޮންނަ އިހްޔާ ފޯރަމްގައި ބައިވެރިވެވަޑައިގަންނަވާނީ ޝައިޚް އިލްޔާސް ހުސައިން އަދި ޝައިޚް ނަސްރުﷲ އަލީ އެވެ. މިރޭގެ މަޢުލޫއުއަކީ "ހެޔޮކަމުގެ މޫސުމުގެ ފައިދާ ލިބިގަތުމުގައި އަވަސްވެގަންނާށެވެ" މިއެވެ.

އަތޮޅުތަކުގައި އިހްޔާ ފޯރަމް ބާއްވާ ދުވަސްތައް

  • - ކުޅުދުއްފުށި ސިޓީ: އޭޕްރީލް 8
  • - އައްޑޫ ސިޓީ: އޭޕްރީލް 15
  • - ފުވައްމުލަކު ސިޓީ: އޭޕްރީލް 22
  • - ރ. އުނގޫފާރު: އޭޕްރީލް 29

އިހްޔާ ފޯރަމަކީ އާންމުން ބައިވެރި ކޮށްގެން ދީނީ މައުލޫމާތު ދިނުމަށް ބާއްވާ ސެޝަންތަކެކެވެ. މި ޕްރޮގްރާމްގައި އެކި ދީނީ އިލްމުވެރިން އެކި މައުލޫތަކަށް ވާހަކަދައްކަވާ މައުލޫމާތު ދެއްވާނެއެވެ. އަދި މަޢުލޫއުއާ ގުޅޭ ގޮތުން ސުވާލުކުރުމުގެ ފުރުސަތުވެސް ދޭނެއެވެ.

މި ލިއުމާއި ގުޅޭ