Tuesday 17th Sep 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ތުރުކީ

88 އަހަރު ފަހުން ފުރަތަމަ ފަހަރަށް އަޔާ ސޯފިއާ މިސްކިތުގައި ތަރާވީހް ނަމާދުކޮށްފި

88 އަހަރަށްފަހު ފުރަތަމަ ފަހަރަށް ތުރުކީގެ އިސްތަންބޫލްގައި ހުންނަ އަޔާ ސޯފިއާ މިސްކިތުގައި ތަރާވީހް ނަމާދުކޮށްފިއެވެ.

މި ހިނގާ ރަމަޟާން މަހުގެ ފުރަތަމަ ތަރާވީހް ނަމާދު އެ މިސްކިތުގައި ކޮށްފައިވާއިރު މިއީ 1934 ވަނަ އަހަރުގެ ފަހުން އަޔާ ސޯފިއާގައި ތަރާވީހް ނަމަދު ކުރި ފުރަތަމަ ފަހަރެވެ.

އަޔާ ސޯފިއާ އަކީ ރޫމީން ތުރުކީގައި ވެރިކަން ކުރިއިރު ބިނާކުރި ފައްޅިއެކެވެ. ނަމަވެސް އިސްތަންބުލް ފަތަހަ ކުރެއްވި ސުލްތާން މުހައްމަދު އަލް ފާތިހް، އިސްތަންބުލް ފަތަހަ ކުރެއްވުމަށްފަހު އެ ތަން މިސްކިތަކަށް ބަދަލު ކުރެއްވިއެވެ. އަދި އެކި ޒަމާންތަކުގައި އުސްމާނީ ހިލާފަތުގެ އެކި ރަސްކަލުން ވަނީ އެތަން އިތުރަށް ތަރައްޤީކޮށް މުންނާރުތައް ބިނާކޮށްފައެވެ.

ނަމަވެސް އުސްމާނީ ހިލާފަށް އުވުމަށްފަހު ތުރުކީގައި އުފެދުނު ސެކިއުލާ ދައުލަތުން 1934 ވަނަ އަހަރު ވަނީ އެތަނުގައި ނަމާދު ކުރުން ހުއްޓުވައި، ދާރުލް އާސާރަކަށް ބަދަލުކޮށްފައެވެ. ތުރުކީގެ އަމިއްލަ ޖަމާއަތަކުން އެ މައްސަލަ ކޯޓަށް ހުށަހަޅައި، ތުރުކީގެ އެންމެ މަތީ ކޯޓުން 2020 ވަނަ އަހަރު ވަނީ އަޔާ ސޯފިއާ އަލުން މިސްކިތަކަށް ބަދަލުކުރުމުގެ ހުއްދަ ދީފައެވެ. އެ މައްސަލާގައި ކޯޓުން ނިންމި ނިންމުމުގައި ވަނީ އަޔާ ސޯފިއާ އާއި ބެހޭ ލިޔެކިޔުންތަކުގައި ވަނީ އެތަން ބޭނުން ކުރަން ޖެހޭނީ މިސްކިތެއްގެ ގޮތުގައި ކަމަށާއި އެ ނޫން ގޮތަކަށް އެތަން ބޭނުން ކުރުމަކީ ޤާނޫނާއި ހިލާފުކަމެއް ކަމަށެވެ. އަދި 1934 ވަނަ އަހަރު މުސްތަފާ ކަމާލުގެ ސަރުކާރުން އަޔާ ސޯފިއާ މިސްކިތެއްގެ ގޮތުގައި ބޭނުން ކުރަން ނިންމި ނިންމުން ޤާނޫނާއި ހިލާފުކަމަށްވެސް ކޯޓުން ވަނީ ނިންމާފައެވެ.

މިމައްސަލަ ކޯޓަށް ވެއްދި ޖަމާއަތުން ބުނެފައިވަނީ އެ މިސްކިތަކީ މުހައްމަދު ބިން އަލްފާތިހް ގެ އަމިއްލަފުޅު މުދަލެއްކަމަށާއި އެތަން ދާރުސްއާސާރަކަށް ބަދަލުނުކުރެވޭނެކަމަށެވެ.
ސުލްތާން މުހައްމަދް އަލް ފާތިހް އަޔާ ސޯފިއާ މިސްކިތަކަށް ބަދަލު ކުރެއްވި އިރު އެ ފައްޅިއަށް 900 ވަރަކަށް އަހަރުވަނީ ވެފައެވެ. އަދި އެއީ އޭރު މުޅި ހުޅަނގު ބައްރުގައިވެސް އެންމެ މަޝްހޫރު އެއް ބިނާއެވެ.

އަޔާ ސޯފިއާ މިސްކިތަކީ މިހާރުވެސް ތުރުކީއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ މެދުގައި އެންމެ މަގުބޫލު އެއް ބިނާއެވެ.

މި ލިއުމާއި ގުޅޭ