Sunday 24th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޢަލީ ޒާހިރު

ފާޑުކިޔުން އަމާޒުވުމުން އަލީ ޒާހިރުގެ މާލީ ބަޔާން އާންމުކޮށްފި

ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރުގެ މާލީ ބަޔާން އެ އޮފީހުގެ ވެބްސައިޓުން ފެންނަން ނެތްކަން އާއްމުންގެ ސަމާލުކަމަށް އައިސް ފާޑުކިޔުން އަމާޒުވުމުން އެންމެ ފަހުން އޭނާގެ މާލީ ބަޔާން އާންމުކޮށްފި އެވެ.

އަލީ ޒާހިރުގެ މާލީ ބަޔާން އާންމުކޮށްފައި މިވަނީ އޭނާގެ މާލީ ބަޔާން ފެންނަން ނެތްކަން މި ނޫހުން ރިޕޯޓު ކުރިތާ ދެ ދުވަސްވެސް ނުވަނީހެވެ.
މާލީ ބަޔާނުގައި ވާގޮތުން، ފާއިތުވި ހަ މަސް ދުވަހުގެ ތެރޭގައި މުސާރައިގެ ގޮތުގައި އޭނާއަށް -/431669.93 ރުފިޔާ ލިބިފައިވެ އެވެ. އެކަމަކު އެ މުއްދަތުގެ ތެރޭގައި މުސާރައިގެ އިތުރުން އެއްވެސް އާއްމުދަނީއެއް އަލީ ޒާހިރަށް ލިބިފައި ނުވާކަމަށް މާލީ ބަޔާނުގައި ބުނެފައިވެ އެވެ.
އަލީ ޒާހިރު ޗީފް އޮފް ސްޓާފްގެ މަގާމަށް އައްޔަން ކޮށްފައި ވަނީ ވަޒީރުންގެ ފެންވަރުގަ އެވެ. އެހެންކަމުން ކެބިނެޓްގައި ހިމެނޭ ވަޒީރުންނަށް ލިބޭ ވަރުގެ މުސާރައެއް އޭނާ އަށް ވެސް ލިބޭނެ އެވެ.

ބޭންކް ތަކުގައި ހުރި އަލީ ޒާހިރުގެ އާމްދަނީއަށް ބަލާއިރު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި އޭނާގެ -/3569 ރުފިޔާ އެބަހުއްޓެވެ. އިސްލާމިކް ބޭންކްގައި -/97220 ރުފިޔާ ހުރި އިރު ބީއެމްއެލްގެ ޑޮލަރު އެކައުންޓެއްގައި 1410 ޑޮލަރު ހުރިކަމަށް މާލީ ބަޔާނުގައި ބުނެފައިވެ އެވެ.

މާލީ ބަޔާނުގައި ބުނެފައިވާ ގޮތުގައި ސައިކަލެއް ފިޔަވައި އޭނާގެ މިލްކިއްޔާތުގައި އެއްވެސް މުދަލެއް ނެތެވެ. އެކަމަކު ރައީސް އާއި ވަޒީރުން މާލީ ބަޔާން އާންމު ކުރެއްވިއަސް މާލީ ބަޔާނުގައި ހުންނަ މައުލޫމާތަކީ ސައްހަ މައުލޫމާތުކަން ކަށަވަރު ކުރެވޭނެ އެއްވެސް ގޮތެއް ނޯވެއެވެ.

އޭގެ އިތުރުން ފޮރިން ރިލޭޝަންސް ސެކްރެޓަރީ އިބްރާހިމް ހޫދުގެ މާލީ ބަޔާންވެސް އާންމު ނުކުރާކަން މިދިޔަ އަންގާރަ ދުވަހު މި ނޫހުން ރިޕޯޓު ކުތި ފަހުން އޭނާގެ މާލީ ބަޔާންވެސް މިހާރު ރައީސް އޮފީހުގެ ވެބްސައިޓުގައި ވަނީ އާންމުކޮށްފަ އެވެ. މާލީ ބަޔާނުން ފެންނަ ގޮތުގައި މިދިޔަ ހަ މަސް ދުވަހުގެ ތެރޭގައި މުސާރައިގެ ގޮތުގައި ހޫދަށް 230،000ރ. ލިބިފައިވެ އެވެ.

އެކަމަކު އަދިވެސް ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ އަހުމަދު އަބްދުﷲ ސައީދުގެ މާލީ ބަޔާން ފެންނާކަށް ނެތެވެ.

މި ލިއުމާއި ގުޅޭ