Wednesday 27th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޢަލީ ޒާހިރު

ޗީފް އޮފް ސްޓާފް އަލީ ޒާހިރުގެ މާލީ ބަޔާން ފެންނާކަށް ނެތް

ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރުގެ މާލީ ބަޔާން އެ އޮފީހުގެ ވެބްސައިޓުން ފެންނާކަށް ނެތެވެ.

ރައީސުލްޖުމްހޫރިއްޔާ އާއި ކެބިނެޓު ވަޒީރުން އަދި ސަރުކާރުގެ އިސް އޮފިޝަލުން މާލީ ބަޔާން ހާމަކުރަންޖެހޭ އުސޫލެއް އޮންނަ އިރު ރައީސް އޮފީހުގެ އިސް އޮފިޝަލުންގެ ތެރެއިން މާލީ ބަޔާން އާންމު ނުކުރައްވަނީ ތިން ބޭފުޅެކެވެ.

މާލީ ބަޔާން އާންމު ނުކުރައްވާ ރައީސް އޮފީހުގެ އިސް އޮފިޝަލުން

  • ޗީފް އޮފް ސްޓާފް އަލީ ޒާހިރު
  • ފޮރިން ރިލޭޝަންސް ސެކްރެޓަރީ އިބްރާހިމް ހޫދު
  • އަންޑަރ ސެކްރެޓަރީ އަހުމަދު އަބްދުﷲ ސައީދު

މި ބޭފުޅުންގެ މާލީ ބަޔާން ރައީސް އޮފީހުގެ ވެބްސައިޓުން ފެންނަން ނެތީ ކީއްވެކަމެއް ސާފެއް ނޫނެވެ. ޗީފް އޮފް ސްޓާފް އަލީ ޒާހިރަކީ ކޮރަޕްޝަންގެ ގިނަ ތުހުމަތުތައް ކުރެވޭ ފަރާތެއްކަން ފާހަގަކޮށްލެވެއެވެ. މިގޮތުން ސަރުކާރުގެ މަޝްރޫއުތައް ދިނުމުގައި އަލީ ޒާހިރު "ކަޓު ނަގާކަމަށް" ބައެއް ވިޔަފާރި ކުންފުނިތަކުން ތުހުމަތުކުރެއެވެ. އަދި ޖަލުން މީހުން ޕެރޯލްއަށް ދޫކުރުމުގައިވެސް އަލީ ޒާހިރު ރިޝްވަތު ނަންގަވާކަމަށް އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދުވެސް މީގެކުރިން ތުހުމަތު ކުރައްވާފައިވެއެވެ.

ކެބިނެޓު ވަޒީރުންގެ މާލީ ބަޔާންތައް މިހާރު ރައީސް އޮފީހުގެ ވެބްސައިޓުން ފެންނަން އެބަހުއްޓެވެ. އެހެން ނަމަވެސް ދާދި ފަހަކާއި ޖެހެންދެން ބައެއް ވަޒީރުންގެ މާލީ ބަޔާން އާންމު ނުކުރައްވައެވެ. އެންމެ ފަހުން މާލީ ބަޔާން އާންމު ކުރެއްވި ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތެވެ. ރިއްފަތަކީވެސް ކޮރަޕްޝަންގެ ގިނަ ތުހުމަތުތައް ކުރެވޭ ފަރާތެކެވެ.

ރައީސް އާއި ވަޒީރުން މާލީ ބަޔާން އާންމު ކުރެއްވިއަސް މާލީ ބަޔާނުގައި ހުންނަ މައުލޫމާތަކީ ސައްހަ މައުލޫމާތުކަން ކަށަވަރު ކުރެވޭނެ އެއްވެސް ގޮތެއް ނޯވެއެވެ.

މި ލިއުމާއި ގުޅޭ