Friday 19th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އުތުރުތިލަފަޅު އެއްބަސްވުން

އިންޑިއާއިން މާލެ ކައިރީ ތަރައްޤީކުރާ އަސްކަރީ މަރުކަޒުގެ ބައެއް ކުރެހުންތައް ހާމަވެއްޖެ

އިންޑިއާއިން މާލެ ކައިރީ އޮންނަ އުތުރުތިލަފަޅުގައި ތަރައްޤީކުރާ އަސްކަރީ މަރުކަޒުގެ ބައެއް ކުރެހުން "ދިޔަރެސް"އަށް ލިބިއްޖެއެވެ. "ދިޔަރެސް"އަށް ލިބިފައިވަނީ އިންޑިއާއިން ދިވެހި ސަރުކާރަށް ހުށަހަޅާފައިވާ ޓާމްސް އޮފް ރިފަރެންސްގެ ބައެއް ސަފުހާތަކެވެ.

އިންޑިއާއިން ދިވެހި ސަރުކާރަށް ފޮނުވި ޓާމްސް އޮފް ރިފަރެންސްގައި ބުނެފައިވަނީ އުތުރުތިލަފަޅުގައި ކަނޑުގެ އަސްކަރިއްޔާގެ މަރުކަޒެއްގެ ހުރިހާ ސިފަތަަކެއް ހުރެއެވެ. އެ ޓާމްސް އޮފް ރިފަރެންސްއިން "ދިޔަރެސް"އަށް ލިބިފައިވާ ސަފުހާތަކުގައި އެއިން ބައެއް ފެސިލިޓީތަކުގެ ތަފުސީލުތައް ހިމަނާފައިވެއެވެ.

އެގޮތުން އުތުރުތިލަފަޅު ތަރައްގީކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގައި އެ ފަޅުގައި އެއާ ފީލްޑެއް ނުވަތަ މަތިންދާބޯޓު އުދުއްސުމަށް ބޭނުންވާނެ ވަސީލަތްތަކާއި މަތިންދާބޯޓު ޕާކުކުރުމަށް އެކަށީގެންވާ ވަސީލަތްތަކުގެ އިތުރަށް މަތިންދާބޯޓާއި ވައިގެ އުޅަނދުފަހަރު މަރާމާތުކުރުމަށް ބޭނުންވާ ހޭންގަރުތައް ބިނާކުރަން އެ ޓާމްސް އޮފް ރިފަރެންސްގައި ހުށަހަޅާފައިވެއެވެ.

އަދި ޓާމްސް އޮފް ރިފަރެންސްގައި ބަޔާންކޮށްފައިވާ ގޮތުން މި ވަސީލަތްތައް ބޭނުންކުރަނީ ދިވެހިރާއްޖޭގެ ޤައުމީ ދިފާއީ ބާރާއި އިންޑިއާގެ ކަނޑުގެ އަސްކަރިއްޔާ ގުޅިގެން ރާއްޖޭގެ އެސްއީޒެޑް ބެލެހެއްޓުމަށާއި، ސާވެއިލޭންސްގެ މަސައްކަތްތަކަށެވެ.

ހަމައެހެންމެ މި ޓާމްސް އޮފް ރިފަރެންސްގައި ބުނެފައިވަނީ އުތުރުތިލަފަޅުގައި ތަރައްޤީކުރާ ބާތިން ފެސިލިޓީއަކީ ދިވެހިރާއްޖޭގެ ކޯސްޓުގާޑުގެ އިތުރަށް އިންޑިއާގެ ކަނޑުގެ އަސްކަރިއްޔާއާއި އެ ޤައުމުގެ ކޯސްޓުގާޑުގެ އުޅަނދު މަރާމާތުކުރުމަށްވެސް ބޭނުންކުރެވޭނެ ތަނެއް ކަމަށެވެ.

ދިޔަރެސްއަށް ލިބިފައިވާ އުތުރުތިލަފަޅު އެއްބަސްވުމުގައި ހިމެނޭ ބައެއް ކަންކަން

  • . އުތުރިތިލަފަޅަށް އަންނަ ސިފައިންނަށް ބޭނުން މިންވަރަކަށް ހަތިޔާރު ގެންގުޅެވޭނެ
  • . އުތުރުތިލަފަޅުގައި ތަރައްޤީކުރާ ވަސީލަތްތައް އިންޑިއާގެ އަސްކަރިއްޔާގެ ކަނޑުގެ އުޅަނދުތަކަށާއި ވައިގެ އުޅަނދުތަކަށް ބޭނުންކުރެވޭނެ
  • . އެ އެއްބަސްވުން އެކުލަވައިލާފައިވަނީ މި ސަރުކާރުން ހުށަހަޅާފައިވާ ގޮތަށް
  • . އުތުރުތިލަފަޅަށް އަންނަ އިންޑިއާ ސިފައިންނަށް އިމިއުނިޓީ ލިބޭނެ
  • . އުތުރުތިލަފަޅުގެ ވަސީލަތް އިންޑިއާ ސިފައިންނަށް ބޭނުންއިރަކު ބޭނުން ގޮތަކަށް ބޭނުންކުރެވޭނެ
  • . އުތުރުތިލަފަޅުގައި ޤާއިމުކުރާ މަރުކަޒު އިންޑިއާގެ އަސްކަރީ މަރުކަޒަކާ ގުޅުވައިލާނެ
  • . އެހެން ޤައުމަކަށް އުތުރުތިލަފަޅު ބޭނުންކުރެވޭނީ އިންޑިއާގެ ހުއްދައާއެކު
  • . އެއްބަސްވުމުގެ ދަށުން ކަންކަން ނިންމުމުގައި ފަހުބަސް ބުނާނީ އިންޑިއާއިން

މީގެ ކުރިން "ދިޔަރެސް"އިންވާނީ އުތުރުތިލަފަޅު އެއްބަސްވުމުގެ ކޮޕީއެއް އާންމުކޮށް އޭގައި އެކުލެވޭ ކަންކަން ގެނެސްދީފައެވެ. ސަރުކާރުން ބުނެފައިވަނީ އެ އެއްބަސްވުމަކީ ސައްހަ އެއްބަސްވުމެއް ނޫން ކަމަށެވެ. ނަމަވެސް މިހާތަނަށް އުތުރުތިލަފަޅު އެއްބަސްވުން ހާމަކުރުމަށް ސަރުކާރުންވަނީ ދެކޮޅުހަދާފައެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދިރާސާކުރުމަށް އެ އެއްބަސްވުން މިހާތަނަށް ދީފައިނުވެއެވެ.

މި ލިއުމާއި ގުޅޭ