Monday 20th Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެމެރިކާ

އިރާޤުގެ 5 ލައްކަ ކުޑަކުދިން މަރުވުމަކީ މައްސަލައެއް ނޫން ކަމަށްބުނި މެޑެލިން މަރުވެއްޖެ

އެމެރިކާގެ ކުރީގެ ސެކްރެޓަރީ އޮފް ސްޓޭޓް މެޑެލިން އޯލްބްރައިޓް މަރުވެއްޖެއެވެ.

މެޑެލިން އޯލްބްރައިޓް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ކަން ކުރީ 1997 ވަނަ އަހަރުން 2001 ވަނަ އަހަރަށް އެމެރިކާގެ ކުރީގެ ރައީސް ބިލް ކްލިންޓަންގެ ވެރިކަމުގެ ފަހު ދައުރުގައެވެ. އޭގެ ކުރިން އޭނާ ހުރީ އެމެރިކާއިން އދ. އަށް ކަނޑައަޅާފައިވާ ސަފީރު ކަމުގެ މަޤާމުގައެވެ.

އެ މަޤާމުގައި ހުރި ދުވަސްވަރު އެމެރިކާގެ ޓީވީ ޗެނަލަކަށް ދިން ބަސްދީގަތުމެއްގައި، ޓީވީ ހޮސްޓު ވަނީ، އެމެރިކާއިން އިރާޤާއި ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން 5 ލައްކައަށްވުރެ ގިނަ އިރާޤުގެ ކުޑަކުދިން މަރުވެފައިވާކަމަށް ބުނެފައެވެ. އަދި އެއީ ދައްކަން ރަނގަޅު އަގެއްތޯ ސުވާލުކުރިއެވެ. އެ ސުވާލުގެ ޖަވާބުގައި މެޑެލިން ބުނެފައިވަނީ އެއީ ދައްކަން ރަނގަޅު އަގެއް ކަމަށެވެ.

އެކަމާއި ގުޅިގެން އޭނާއަށް ގިނަގުނަ ފާޑުކިޔުންތައް އަމާޒުވިއެވެ. އޭގެ އެތައް އަހަރެއްފަހުން 2020 ވަނަ އަހަރު އޭނާ އެކަމަށް މާފަށް އެދުނެވެ.

އެމެރިކާއިން އެދުވަސްވަރު އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އެތައް ލައްކަ ކުޑަކުދިން އިރާޤުގައި މަރުވިއެވެ. މިއަދު މެޑެލިން މަރުވުމުން އޭނާ އަކީ ވަރަށް ވަރުގަދަ ޝަހުސިއްޔަތެއް ކަމަށް ދައްކަން ހުޅަނގުގެ މީޑިއާތަކުން މަސައްކަތް ކުރިނަމަވެސް އޭނާ އަކީ ޖޯން މެކެއިން ފަދަ ޖައްލާދެއް ކަމަށް ތާރީހު ދިރާސާ ކުރާ ބައެއް އިލްމުވެރިން ސިފަކޮށްފައިވެއެވެ.

އެމެރިކާގެ ލިބަޓޭރިއަން ޕާޓީއިން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ" މެދު އިރުމަތީގެ އިތުރު ޖައްލާދެއް ކަމަށްވާ މެޑެލިން އޯލްބްރައިޓް، ޖޯން މެކެއިން އާއި އެކު ޖަހައްނަމައިގައި ވެއްޖެ" މިފަދައިންނެވެ. އަދި 5 ލައްކަ އިރާޤު ކުޑަކުދިން މަރުވުމަކީ މައްސަލައެއް ނޫންކަމަށް އޭނާ ބުނިކަން ހަނދާން ނައްތާނުލުމަށް އެ ޓުވީޓުގައި އިލްތިމާސްކޮށްފައިވެއެވެ.

މި ލިއުމާއި ގުޅޭ