Monday 25th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެންބަރު ޢަބްދުލްޣަފޫރު މޫސާ (ގަޕޯ)

އިންޑިއާގެ ދިފާއުގައި ގަޕޯ ނިކުންނަވައިފި

އަވަށްޓެރި އިންޑިއާއަކީ ރާއްޖޭގެ އިސްތިގްލާލާ ބެހޭނެ ގައުމެއް ނޫން ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަބްދުލްޣަފޫރު މޫސާ އިންޑިއާގެ ދިފާއުގައި ނިކުންނަވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިހަވަންދިއްޕޮޅުގައި އާގުބޯޓުގެ ހިދުމަތް ދެވޭނެ ގޮތް ހަމަޖައްސައި ދިނުމަށް އެދި ހުށަހެޅި ގަރާރަށް ބަހުސް ކުރައްވަމުން މެންބަރު ގަޕޯ ވިދާޅުވީ އިންޑިއާއަކީ ރާއްޖެއަށް ކުރިމަތިވާ ކޮންމެ ކަމެއްގައި ވެސް އެހީތެރިވާ ގައުމެއް ކަމަށާއި އެގައުމުން ރާއްޖޭގެ އިސްތިގުލާލާ ބެހެން ނޫޅޭނެ ކަމަށެވެ.

ގަޕޯ ވިދާޅުވީ މި ސަރުކާރުން ތިލަދުންމަތި ތަރައްގީ ކުރާނެކަމަށާއި އެ ސަރަހައްދަކީ ވިޔަފާރި އެންމެ ފުޅާކޮށް ހިނގަމުން އަންނަ ސަރަހައްދަށް ހަދާނެކަމަށެވެ.

ގަޕޯ މިހެން ވިދާޅުވެފައިވާއިރު އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އަންނަނީ އިންޑިއާއާއެކު މި ސަރުކާރުން ގާއިމް ކޮށްފައިވާ ގުޅުމާއި އަދި އެ ގުޅުމުގެ ތެރެއިން އެކުލަވާލާފައިވާ އެއްބަސްވުންތައް ހާމަ ކުރުމަށް ގޮވާލަމުންނެވެ. އެކަމަކު ސަރުކާރުން އަންނަނީ އެ އެއްބަސްވުންތައް ހާމަ ކުރުމަށް ދެކޮޅު ހަދަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރުކަން ގަޕޯ ކުރައްވާއިރު އެ ދާއިރާގައި އިންޑިއާ ސިފައިން މިހާރުވެސް ތިބެއެވެ. އަދި ހަނިމާދޫ އެއާޕޯޓު ތަރައްޤީކުރަން އިންޑިއާ އާއި ހަވާލު ކުރުމަށް ނިންމާފައިވާއިރު އެއާޕޯޓު ޑިޒައިންކޮށްފައިވަނީ އަސްކަރީ އެއާޕޯޓެއް ގޮތަށެވެ. އިންޑިއާގެ އަސްކަރިއްޔާއިން ރައީސް ޔާމީނުގެ ވެރިކަމުގައިވެސް ހަނިމާދޫ އެއާޕޯޓު ބޭނުންވެގެން ހުށަހެޅިއެވެ. އެހެން ނަމަވެސް އޭރުގެ ސަރުކާރުން އެކަމާއި ދެކޮޅު ހެދިއެވެ.

ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭތީ އިދިކޮޅު ކޯލިޝަން އިން އަންނަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި އެކަމާއި ދެކޮޅަށް އަޑު އުފުލަމުންނެވެ. އެގޮތުން އަންނަ ހުކުރު ދުވަހު ބޮޑު އެއްވުމެއް ބޭއްވުމަށް ބާއްވަން އަންނަނީ މަސައްކަތް ކުރަމުންނެވެ.

މި ލިއުމާއި ގުޅޭ