Saturday 25th Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދިވެހި ފުލުހުން

އަލްހާން އާއި ސަހުބާން ފަހުމީގެ ކުންފުނިން ހިންގި ސްކީމް އާއި ގުޅިގެން ޖިނާއީ ތަހުގީގެއް ފަށައިފި

އިންވެސްޓު ކުރުމުގެ ނަމުގައި އެތައް ބައެއްގެ އަތުން ގިނަ އަދަދަކަށް ފައިސާ ނަގައިގެން ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ އާއި އޭނާގެ ކޮއްކޮ އަދި މީޑިއާ ކައުންސިލްގެ ރައީސް ސަހުބާން ފަހުމީގެ ކުންފުންޏެއް ކަމަށްވާ ކިންގްސް ކެޕިޓަލް ހޯލްޑިން ކުންފުނިން ހިންގި ސްކީމް އާއި ގުޅިގެން ޖިނާއީ ތަހުގީގެއް ފުލުހުން ފަށައިފިއެވެ.

އަލްހާން އިސްވެ ހުންނަވައި ޕޮންޒީ ސްކީމެއް ހިންގެވި ކަމަށް ތުހުމަތުކުރެވޭ މައްސަލަ، މަނީ ލޯންޑްރިން އާއި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވަން މަރުކަޒީ ބޭންކުގައި ގާއިމްކޮށްފައިވާ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ)އިން ރަސްމީކޮށް ފުލުހުންނަށް ހުށަހެޅީ އިއްޔެ އެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން މިއަދު ބުނީ ދިވެހި ރާއްޖޭގައި އަމިއްލަ ކުންފުންޏަކުން ގިނަ އަދަދެއްގެ ރައްޔިތުންގެ މާލީ މަސްލަހަތަށް ބުރޫއަރާ ގޮތަށް ޕޮންޒީ ސްކީމަކާ އެއްގޮތްވާގޮތަށް މުއާމަލާތުތަކެއް ހިންގަމުންދާ ކަމަށް ކަމާ ބެހޭ އިދާރާތަކުން ފުލުހުންގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ.


އެކަމާ ގުޅިގެން ފުލުހުން ބެލިބެލުމުން، ޖިނާއީ ތަހުގީގެއް ކުރިއަށްގެންދަން ޖެހޭފަދަ ކަންތައްތަކެއް ފާހަގަކުރެވިފައިވާތީ މައްސަލައިގެ ޖިނާއީ ތަހުގީގެއް ދަނީ ހިންގަމުންދާ ކަމަށް ފުލުހުން ބުންޏެވެ. އަދި ތަހުގީގު ކުރިއަށްދާ ވަރަކުން އެކަމާ ގުޅޭ އިތުރު މައުލޫމާތު ހިއްސާކުރާނެ ކަމަށް ފުހުލުހުން ބުނެ އެވެ.

ކުރު މުއްދަތެއްގައި ބޮޑު އަދަދަކަށް ފައިދާ ލިބޭނެ ކަމަށް ބުނެ މީހުންގެ އަތުން އިންވެސްޓު ކުރުމުގެ ނަމުގައި ފައިސާ ހޯދައިގެން ޕޮންޒީ ސްކީމެއް ހިންގާތީ އެކަމަށް ސަމާލުވުމަށް އެމްއެމްއޭ އިން މި މަހުގެ ކުރީކޮޅު ވެސް އެދުނެވެ.

އެމްއެމްއޭ އިން އޭރު ވަކި ކުންފުންޏެއްގެ ނަން ހާމަ ނުކުރި ނަމަވެސް، އޮޅުވާލައިގެން މީހުން އަތުން ފައިސާ ނަގައި ފްރޯޑް ހިންގާ ކަމުގެ ތުހުމަތުގައި "ކިންގްސް ފޮރެކްސް ޓްރޭޑިން" ގެ އެކައުންޓް ބީއެމްއެލް އިން ފްރީޒް ކުރީ މި މަހުގެ 10 ވަނަ ދުވަހު އެވެ.


އެ ސްކީމް ހުއްޓުވި އިރު، 1،600 އެއްހާ މީހުން ބައިވެރިވެ، ގާތްގަނޑަކަށް 70 މިލިއަނެއްހާ ރުފިޔާ އެކި ފަރާތްތަކުން އިންވެސްޓްކޮށްފައިވެ އެވެ.

މި ލިއުމާއި ގުޅޭ