Wednesday 31st May 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މުދަލު ޒަކާތް

މުދަލު ޒަކާތުގެ ނިޞާބު ބޮޑުކޮށް، މި އަހަރަށް ކަނޑައަޅައިފި

މުދަލު ޒަކާތުގެ ނިޞާބުގެ ގޮތުގައި ކަނޑައަޅާފައިވާ އަދަދު ބޮޑުކޮށް މި އަހަރުގެ ނިޞާބުގެ ފައިސާ ކަނޑައަޅައިފިއެވެ.

މިދިޔަ އަހަރަށް ކަނޑައެޅި މުދަލު ޒަކާތް ވާޖިބުވާ ނިޞާބަކީ 6878.20 ރުފިޔާއެވެ. އިސްލާމިކް މިނިސްޓްރީން މިއަދު ބުނިގޮތުގައި މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން މުދަލު ޒަކާތް ވާޖިބުވާ ނިޞާބަކީ 7241.15 ރުފިޔާއެވެ. މިއީ 362.95 ރުފިޔާގެ ބޮޑުވުމެއްކަން ފާހަގަކޮށްލެވެއެވެ.

ނިޞާބު ހަމަވާ ވަރަށް އަތުގައި ފައިސާހުރެ އަހަރެއް ހަމަވެއްޖެނަމަ އޭގެ ސާޅީސްބައިކުޅަ އެއްބައި މުދަލު ޒަކާތުގެ ގޮތުގައި ދެއްކުމަކީ ދީނީ ގޮތުން ވާޖިބެކެވެ. ޕަސެންޓޭޖުން ބަލާނަމަ އެއީ 2.5 ޕަސެންޓެވެ.

ރާއްޖޭގައި ޒަކާތުގެ ނިޞާބުގެ މިންވަރު ކަނޑައަޅަނީ ރިހީގެ އަގަށް ބަލައިގެންކަމަށްވާއިރު ރިހީގެ އަގަށް އަންނަ ބަދަލަކާ ގުޅިގެން ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭ ދިވެހި ފައިސާގެ މިންވަރު ވެސް ބަދަލުވެގެންދެއެވެ.

މުދަލު ޒަކާތް ކުރިން ދައްކަނީ އިސްލާމިކް މިނިސްޓްރީ އަށެވެ. ނަމަވެސް 2016 ވަނަ އަހަރުން ފެށިގެން މުދަލު ޒަކާތް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އިން ބަލައިގަތުމަށް ވަނީ ބަދަލުކޮށްފައެވެ.

މީރާގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިއަހަރުގެ ފުރަތަމަ ދެ މަހުގެ ތެރޭގައި މުދަލުގެ ޒަކާތުގެ ގޮތުގައި ޖުމްލަ 9.9 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އެއީ ޖެނުއަރީ މަހު ލިބުނު ހަތް މިލިއަން ރުފިޔާ އާއި، ފެބްރުއަރީ މަހު ލިބުނު 2.9 މިލިއަން ރުފިޔާއެވެ.

މީގެއިތުރުން މުދަލު ޒަކާތުގެ ގޮތުގައި މިދިޔަ އަހަރު މީރާއަށް ޖުމުލަ 90.6 މިލިއަން ރުފިޔާ ލިބިފައިވާކަމަށްވެސް ތަފާސްހިސާބުތައް ދައްކައެވެ.

މި ލިއުމާއި ގުޅޭ