Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ހުޅަނގު

ރަހުމުކުރުމާއި އޯގާތެރިވުމުގެ ތަރާދުގެ ބޭއިންސާފާއި ހުޅަނގުގެ އުންސުރީ ތައައްސުބާއި ނިފާޤު

ރަޝިޔާއިން ޔޫކުރެއިނަށް އުދުވާނީ ހަމަލާތަކެއް ދިނުމުން ބައިނަލްއަޤުވާމީ މުޖުތަމައުން އެކަން ކުށްވެރިކޮށްފިއެވެ. މުސްތަގިއްލު ޤައުމަކަށް ހަމަލާދީ އެތައް މިލިއަން ބައެއްގެ ފުރާނަ ނުރައްކަލަށް ހުށަހެޅުމުން އެކަން ކުށްވެރިކުރާންޖެހޭނެއެވެ. އެހެންނަމަވެސް ތަފާތު އެކި ދައުލަތްތަކުން އެކަމާމެދު ފިޔަވަޅުއެޅި ގޮތުންނާއި، ފުށުއަރާ ތަފާތު ރިވާޔާތުތަކުން (ނެރޭޓިވް) ބައެއް ދައުލަތްތަކުގެ ނިފާޤު އަންނަނީ ހާމަވަމުންނެވެ. މި ހަނގުރާމައިން މިނިވަން މުސްތަގިއްލުކަމަށް ބުނާ މީޑިއާއާއި، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ކަމަށް ދައުވާކުރާ ލީޑަރުންނަކީ ހުޅަނގުގެ މަތިވެރިކަމުގެ ވިސްނުން ހިތުގެ އަޑިން ޤަބޫލުކުރާ މުނާފިޤު ބައެއްކަން ސާފުކޮށް ހާމަވެއްޖެއެވެ.

އެ މުއައްސަސާތަކުގެ ހަގީގީ އިސްތިއުމާރީ ސިފަތައް ސިއްރުކޮށް ވަންހަނާކުރުމަށް ހުޅަނގުގެ މުއައްސަސާތަކުން އަބަދުވެސް ބުނަމުން އައީ އެ މުއައްސަސާތައް މަސައްކަތްކުރަނީ މައުޟޫޢީ ގޮތެއްގައި ކަމަށާއި، ތަބާވަނީ ޤާނޫނުގެ ހުކޫމަތަށް ކަމަށެވެ. ނަމަވެސް ތުނި ފަރުދާއެއްގެ ފުރަގަހުގައި ފޮރުވައި ވަންހަނާކޮށްފައި ހުރި އުންސުރީ ތައައްސުބާއި ހުޅަނގުގެ ނަފުރަތުގެ މުޑިތައް ފާއިތުވި ދެތިން ހަފުތާއެއްހައި ދުވަސްތެރޭ ކަޝްފުވެއްޖެއެވެ. ނޫސްވެރިންނާއި ސިޔާސީ ލީޑަރުން މީގެ ކުރިން ހިމޭނުން ދައްކަމުން އައި ވާހަކަތައް ހަރުއަޑުން ގޮވައިނަގަން ފަށައިފިއެވެ.

ކުޑަ މިސާލެކެވެ. ބަލްގޭރިއާގެ ރައީސްގެ ވާހަކަފުޅެކެވެ. "އަހަރުމެންނަށް އާންމުކޮށް ފެންނަ މުހާޖިރުންނާއި މި މީހުން މުޅިން ތަފާތު. މިއީ ވިލާތުގެ މީހުން. އެހެންވީމައި އަހަރުމެންނާއި ވިލާތުގެ އިއްތިހާދުގެ އެހެނިހެން ގައުމުތައްވެސް މި ތިބީ މި މީހުންނަށް އެހީވާން ތައްޔާރަށް،" ޔޫކުރައިނުގެ މުހާޖިރުންނާއި އަރަބި އަދި އެފުރިކާގެ މުހާޖިރުން އަޅައިކިޔުއްވަމުން ބަލްގޭރިއާގެ ރައީސް ވިދާޅުވިއެވެ. ބީބީސީގެ ޕްރޮގުރާމެއްގައި ވާހަކަދައްކަވަމުން ޔޫކުރެއިނުގެ ޑެޕިއުޓީ ޗީފް އޮފިސާ ވިދާޅުވި ވާހަކައަކީވެސް ހަނދާނަށް ގެނައުން މުހިއްމު ވާހަކައެކެވެ. "އަހަންނަށް ވަރަށް ހިތްދަތި އިހުސާސްކުރެވޭ. ސަބަބަކީ އަހަންނަށް ލޮލުގެ ކުލަ ނޫ، އިސްތަށި ދޮން މީހުން މަރުވަމުންދާތަން ފެންނނާތީ،" އޭނާ ވިދާޅުވިއެވެ.

މީޑިއާއިން ޔޫކުރެއިނުގެ ހާލަތު ރިޕޯޓުކުރުމުގައި އެއް ފަރާތަށް ބުރަވެ، ނަސްލީ ތައައްސުބު އިސްކުރާ މިންވަރުގެ ބޮޑުކަމުން އަރަބި އަދި މެދުއިރުމަތީގެ ނޫސްވެރިންގެ ޖަމްއިއްޔާތަކުން ނުރުހުމުގެ ބަޔާންތައް ނެރެންޖެހުނެވެ.

ސޫރިއާގައި ހިނގަމުން އައި ހަނގުރާމައިގައި ސުންނާފަތިވެފައިވާ ޤައުމު ދޫކޮށް ހިމާޔަތާއި ރައްކާތެރިކަން އަދައިގެން ޔޫރަޕަށް ހިޖުރަކުރި އެ މުހާޖިރުން އެ ޤައުމުތަކަށް ބަލައިގަތުމާ ބަލްގޭރިއާއާއި ހަންގޭރީއާއި ޕޮލޭންޑު ފަދަ ޤައުމުތަކުން ދެކޮޅުހެދިއެވެ. އަދި އެ ޤައުމުތަކަށް ސޫރިޔާ މުހާޖިރުންނަށް ވަނުން ދަތިވާނެ ތަފާތު ގިނަ ސިޔާސަތުތައް އެކަށައަޅައި ތަންފީޒުކުރިއެވެ. މިހާރު ޔޫކުރެއިނުން ރައްކާތެރި އަމާން މަންޒިލަކަށް ވާސިލުވާން މީހުން އުޅޭއިރު ކަޅު މީހުންނާއި ދޮން މީހުންގެ މެދުގައި ތަފާތުކުރާ މައްސަލަތައް އަންނަނީ ފެންމަތިވަމުންނެވެ. އަދި އެއް ހާލަތެއް ތަހައްމަލުކުރަން ޖެހިފައި ތިބި މި ދެބައި މީހުންގެ މެދުގައި ގެންގުޅޭ ފަރަގުކުރުމުން "ދޮންކަމަށް" ވިލާތުގައި އޮތް މަޤާމާއި އަހަންމިއްޔަތު ފެނެއެވެ.

އަމިއްލައަށް އެދޭ ގޮތް އިޚުތިޔާރުކުރުމާއި އުދުވާނާ ދެކޮޅަށް މަސައްކަތްކުރުމުގެ ހައްގު ލިބިގެންވުމާ ގުޅޭ ގޮތުން ވިލާތުގެ މީޑިއާއާއި ސިޔާސީ މީހުން ވާހަކަދައްކާ ބަހުރުވުއަށް ބަލާއިރު ފަލަސްޠީނާމެދު ވާހަކަދައްްކާ ގޮތާއި ޔޫކުރެއިނާމެދު ވާހަކަދައްކާ ގޮތާއި ބޭނުންކުރާ ބަހުރުވަ ހާސްފަށުން ތަފާތެވެ. ޔޫކުރެއިނުގެ ބާރުތަކުން އުދުވާނަކުން މިންޖުވާންކުރާ މަސައްކަތް އެގޮތުގައި ސިފަކުރަނީ، ފަލަސްޠީނުގައި އުދުވާނުން މިންޖުވާން މަސައްކަތްކުރާ ފަރާތްތައް ނިރުބަވެރިން ކަމަށް ސިފަކުރި ދޫތަކުންނެވެ.

އެކި މީޑިއާތަކުން ރަޝިޔާއިން ޔޫކުރެއިނަށް އަރައިގެން އުޅޭ އުޅުމަކީ "އޮކިއުޕޭޝަން" ނުވަތަ އިސްތިއުމާރުކުރުމެއް ކަމަށް ސިފަކުރުމުން އެ އިބާރާތަކީ މީޑިއާގެ ބަސްކޮށާރުގައި ނެތް އިބާރާތެއް ނޫންކަން ކަށަވަރުވެއެވެ. ނަމަވެސް ފަލަސްޠީނާއި އިސްރާއީލުގެ މައްސަލައާ ޖެހުމުން އެ އިބާރާތް އެ ބަސްކޮށާރުން ގެއްލެނީ ނަސްލީ ތައައްސުބުން ހިތްތައް ކިލަނބުވެފައިވާތީއެވެ.

މަޝްހޫރު ބުނުމެއްގައި"އެކަކަށް ޓެރަރިސްޓަކަށްވާ މީހަކީ އަނެކުންނަށް މިނިވަންކަމުގެ ދިފާއުގައި ހަނގުރާމަކުރާ މީހެއް" ކަމަށް އޮންނަ ބީދައިން، ދޮން މީހަކު އޭނާގެ ބިމުގެ ދިފާއުގައި ހަތިޔާރު އުފުލުމުންވަނީ ހިތްވަރުގަދަ ބަތަލަކަށެވެ. މުސްލިމެއް ނުވަތަ ކަޅު ނަސްލުގެ މީހެއް އަމިއްލަ ނަފްސުގެ ދިފާއުގައި ހަތިޔާރެއް އުފުލިއަސްވަނީ ޓެރަރިސްޓަކަށެވެ. ނުރައްކާތެރި ނިރުބަވެރި ހަނގުރާމަވެރިއަކަށެވެ. ހުޅަނގުގެ މީޑިއާއިން ދެކެނީ ވިލާތުގެ މީހުންނަކީ މިނިވަންކަން ހައްގު އިންސާނުން ކަމަށެވެ. މެދުއިރުމަތީގައި ދިރިއުޅެނީ މައިތިރިކޮށް ތަހުޒީބުކުރާންޖެހިފައިވާ އިންސާނިއްޔަތުކަން ދަސްނުވާ ވަހުޝީންތަކެއް ކަމަށެވެ. އެއްގޮތް ހަމަނުޖެހުންތަކެއް ރިޕޯޓުކުރުމުގައި މީޑިއާއިން ގެންގުޅޭ ތަފާތު ބިނާވަނީ ހަމަނުޖެހުންތަކުގެ ފަރަގަކަށް ނޫނެވެ. މީޑިއާއިން މީހުންނާމެދު ދެގޭ ގޮތުގެ ތަފާތަށެވެ.

އަނެއް މުހިއްމު ނުކުތާއަކީ ހަނގުރާމައިގެ ގިލަންވެރިކަމުގައި ސުންނާފަތިވެ ވިއްސިވިހާލިވެފައިވާ އެހެން ޤައުމުތަކާއި ޔޫކުރެއިނުގައި ހިނގަމުން އަންނަ ހަނގުރާމައިގެ ޒިންމާ އުފުލަންޖެހޭ ފަރާތުގެ ތަފާތަކީވެސް މި ހަނގުރާމައާމެދު ވާހަކަދައްކާ ގޮތް ތަފާތުވާ ސަބަބެއް ކަމެވެ. ފަލަސްޠީނާއި، ޢިރާޤާއި، އަފްޣާނިސްތާނުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ މޭސްތެރިންނަކީ އެމެރިކާއާއި އެ ޤައުމުގެ ބައިވެރިންނެވެ. މީޑިއާއިން ދެކޭ ގޮތުގައި ހުޅަނގުން މި ޤައުމުތަކުގައި ހިންގާ ހަމަނުޖެހުންތަކާއި ރާވައި ފަރުމާކުރާ ހަނގުރާމަތަކުގެ އަމާޒަކީ ޝަރަފުވެރި އަމާޒެކެވެ. އެހެންވީމައި އެ ހަނގުރާމަތަކުގެ ތެރެއިން ދައްކަންޖެހޭ އަގަކީވެސް ހަމަ އެންމެ ރަނގަޅު އަގެކެވެ.

ނަމަވެސް ފާހަގަކޮށްލަންޖެހޭ މުހިއްމު އެއް ނުކުތާއަކީ ސޫރިޔާގައި ރަޝިޔާއިން އެ ޤައުމުގެ ރައީސް ބައްޝާރުލް އަސަދަށް އެހީވުމަށް ހިންގި ހަނގުރާމައިގެ ޖަރީމާތަކުގައި މަރުވި މީހުންނާއި ގެދޮރާއި އުމްރާނީ ވަސީލަތްތަކަށް ލިބުނު ގެއްލުން ޔޫކުރައިނުގެ ހާލަތާ އަޅާބަލާއިރު މާ ގިނަވެފައި ބޮޑު ކަމެވެ.

މި ހުރިހައި ހަގީގަތެއް ތިލަވަމުން ފެންމަތިވަމުން އަންނައިރުވެސް ހުޅަނގުގެ ހަޟާރަތާއި މާއްދީ ކުރިއެރުން ފެނި އާގަމުވެފައި ތިބޭ މީހުން އަޅުގަނޑުމެންގެ ތެރޭގައިވެސް މަދެއް ނޫނެވެ. ހުޅަނގުގެ އަގުކުރުންތަކާއި ފަލްސަފާތަކަކީ އެނޫނީ މުޤައްދަސް ޤަދަރުހުރި އެއްޗެއް ނެތް ތަކެތިކަމަށް ދެކި އެ ތަކެތި އަޅުގަނޑުމެންގެ ތެރޭ ފަތުރަން ގަދައަޅައި މަސައްކަތްކުރާ މީހުންވެސް މަދެއް ނޫނެވެ. ހުޅަނގުގެ ނިފާޤުކަމަށް ކަނުވެފައި ތިބުމުގެ ސަބަބުން މުސްލިމުންގެ އުދާސް އަޑުނީވޭ އިހުސާސްނުވާ، ބުއްދި އިސްތިއުމާރަށް އަމޭއޭ ބުނެ ވިއްކައިލައިގެން ތިބި ބަޔަކު އަޅުގަނޑުމެންގެ ތެރޭގައި މަދެއް ނޫނެވެ.

މި ލިއުމާއި ގުޅޭ