Tuesday 21st Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދިވެހި ފުލުހުން

ވަގު ޑޮލަރު ވިއްކާތީ އެކަމަށް ސަމާލުވާން އެދިއްޖެ

ކަޅު ބާޒާރުގައި ވަގު ޑޮލަރު ވިއްކަމުން އަންނާތީ އެކަމަށް ސަމާލުވުމަށް ފުލުހުން އެދިއްޖެއެވެ.

މަނީ އެކްސްޗޭންޖްގެ ނަމުގައި ހިންގާ ވައިބާ ކޮމިއުނިޓީ އަދި ޝޯޝަލް މީޑިއާގެ އެހެނިހެން ޕްލެޓްފޯމްތައް މެދުވެރިކޮށް ޑޮލަރު ވިއްކާ ކަމުގެ އިޝްތިހާރު ކުރަމުން އަންނަ ކަމަށެވެ. އެގޮތަށް ޑޮލަރު ވިއްކާ ފަރާތްތަކުން ސައްހަނޫން ޔޫއެސް ޑޮލަރު ވިއްކަމުންދާ ކަމުގެ މައްސަލަތަކެއް ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އަދި ފުލުހުން ބުނީ އެފަދަ މައްސަލަތައް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ފުލުހުން ބުނީ ޑޮލަރު ގަންނަން ބޭނުންވާ މީހުންނާއި ވިއްކާ މީހުން ވާހަކަ ދެއްކުމަށްފަހު ޑޮލަރު ވިއްކާ މީހުން ބޭނުންވާ ތަނަކަށް އެމީހުން ގެންދާ ކަމަށެވެ. އަދި އެގޮތަށް ގެންދާ ތަންތަނަކީ މީހުން ވަރަށް މަދުން ހަރަކާތްތެރިވާ ތަންތަން ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ޑޮލަރު ގަންނަން ބޭނުންވާ މީހާ ދިވެހި ފައިސާ ދިނުމުން ކައުންޓާފީޓް ޔޫއެސް ޑޮލަރު ދެމުންދާ މައްސަލަތައް ފުލުހުންނަށް ހުށަހަޅަމުން އަންނަ ކަމަށެވެ.

އެހެންކަމުން ފުލުހުން ވަނީ ބޭރުފައިސާ އެކްސްޗޭންޖް ކުރުމުގެ ހުއްދަ އޮތް ފަރާތްތައް މެދުވެރިކޮށް ނޫނީ މިފަދަ މުއާމަލާތުތައް ނުހިންގުމަށް އިލްތިމާސް ކޮށްފައެވެ. އަދި އެކްސްޗޭންޖް ކުރުމަށްފަހު ދޭ ފައިސާ އަކީ ސައްހަ ފައިސާކަން ކަށަވަރު ކުރުމަށްވެސް ފުލުހުން ވަނީ އެދިފައެވެ.

މި ލިއުމާއި ގުޅޭ