Monday 21st Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޕެންޝަން އޮފީސް

އަސާސީ ޕެންޝަނަށް ފޯމު ހުށަހަނާޅާ ފަރާތްތަކުން އަވަހަށް ފޯމު ހުށަހަޅަން އެދިއްޖެ

އަސާސީ ޕެންޝަން ލިބުމަށް ހުށަހަޅަންޖެހޭ ފޯމު ހުށަނާޅާ ފަރާތްތަކުން އެ ފޯމު ހުށަހެޅުމަށް ޕެންޝަން އޮފީހުން އެދިއްޖެއެވެ.

ޕެންޝަން އޮފީހުން ބުނީ އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންޝަން ދިނުމުގެ ގަވާއިދުގެ ދަށުން މާޗު 12 2020 އިން ފެށީގެން މިއަހަރުގެ މާޗު މަހުގެ 12ވަނަ ދުވަހާއި ދެމެދުގެ ތާރީހެއްގައި 65 އަހަރު ފުރޭ ފަރާތްތަކުގެ ތެރެއިން އަސާސީ ޕެންޝަން ފޯމު ހުށަހަޅާފައި ނުވާ މީހުން މިއަހަރުގެ ޖޫން މަހުގެ 22ވަނަ ދުވަހުގެ ކުރިން ހުށަހެޅުމަށް އެދޭ ކަމަށެވެ.

އެ ފޯމު ހުށަހެޅުމުން ފާއިތުވި މަސްތަކުގެ ފައިސާ ލިބިގެން ދާނެ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.

އެތާރީހުގެ ފަހުން ފޯމު ހުށަހަޅާ ފަރާތްތަކަށް ފައިސާ ޖަމާކޮށްދެވޭނީ އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންޝަން ދިނުމުގެ ގަވާއިދުގެ 14 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން، ފޯމު ހުށަހަޅާ މަހުން ފެށިގެންނެވެ.

މި ލިއުމާއި ގުޅޭ