Monday 27th May 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެމްބަރު މުހައްމަދު ސައީދު

ރައީސް ނަޝީދުގެ ހުރީ ހަރުކަށި ފިކުރު: ސައީދު

ރައްޔިތުން މަޖިލީހުގެ ރައީސް އަދި ސަރުކާރު ހިންގާ ކޯލިޝަނުގެ މައި ޕާޓީ އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ހުރީ ހަރުކަށި ފިކުރުކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުން މަޖިލީހުގެ މާވަށު ދާއިޜާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މެންބަރު ސައީދު މިހެން ވިދާޅުވީ އިންޑިއާއާއެކު ހަދާފައިވާ އަސްކަރީ އެއްބަސްވުންތަކުގެ ހާޑުކޮޕީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީގެ މެންބަރުންނާ ހިއްސާނުކުރި ސަބަބަކީ އެ އެއްބަސްވުންތަކުގެ ބައެއް ސޯޝަލް މީޑިއާގައި އާންމުވެ އިންޑިއާއާއި ރާއްޖޭގެ ގުޅުމަށް ބުރޫއަރާފާނެތީ ކަމަށް މަޖިލީހުގެ ރައީސް، ރައީސ ނަޝީދު ވިދާޅުވުމާއި ގުޅިގެންނެވެ.

މިކަމާއި ގުޅިގެން ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ނަޝީދުގެ މިހުރީ ހަރުކަށި ފިކުރުކަމަށާއި އެމަނިކުފާނު ގާނޫނު އަސާސީ އެކުލަވާލީ 30 އަހަރު އެކަކު އަމިއްލައަށް ކަންކަން ނިންމާތީ ކަމަށް ވިދާޅުވެ ހަޅޭ ފަޅޭ ޖަހާފައިކަމަށެވެ.

ސައީދު ވިދާޅުވީ އެ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވަނީ ގައުމުތަކާއި އެކު އެއްބަސްވުންތަކުގައި ސޮއި ކުރުމުގެ ކުރީން އެ އެއްބަސްވުމަށް ރައްޔިތުން މަޖިލީހުގެ ރުހުން ހޯދަން ޖެހޭކަމަށާއި އެ ނޫން ހާލަތެއްގައި އެ އެއްބަސްވުން ބާތިލުވާނެކަމަށެވެ.

"ރައީސް ނަޝީދުގެ މިހުރީ ހަރުކަށި ފިކުރު. ގާނޫނު އަސާސީ އެކުލަވާލީ 30 އަހަރު އެކަކު އަމިއްލައަށް ކަންކަން ނިންމާތީ ކަމަށް ބުނެ ހަޅޭ ފަޅޭ ޖަހާފަ. އެ ގާނޫނު އަސާސީގައި ބުނަނީ ސޮއި ކުރުމުގެ ކުރީން އެއްބަސްވުމަށް މަޖިލިސްގެ ރުހުން ހޯދަން ޖެހޭކަމަށް. އެ ނޫން ހާލަތެއްގައި އެއްބަސްވުން ވާނީ ބާތިލް" ސައީދު ޓްވީޓު ކުރައްވާފައިވެއެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފައްޓަވަމުން ދެއްކެވި ވާހަކަފުޅުގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ އިންޑިއާއާއެކު ހަދާފައިވާ އަސްކަރީ އެއްބަސްވުންތަކާ ގުޅޭ ގޮތުން އެމްއެންޑީއެފްގެ އެކި ދާއިރާތަކުގެ ވެރިން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީގެ މެންބަރުންނަށް ޕްރެޒެންޓޭޝަނެއް ދެއްވިކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ އެ ޕްރެޒެންޓޭޝަނުގައި އެ އެއްބަސްވުންތަކުގެ ސޮއިކުރެވުނު އަސްލު ކޮޕީތަށް ކޮމިޓީގެ މެންބަރުންނަށް ޕްރެޒެންޓޭޝަނުގެ ތެރެއިން ދައްކާފައިވާ ކަމަށެވެ. އަދި އެ ކޮޕީތަކަކީ ދެ ޤައުމުގެ މެދުގައި ސޮއިކުރެއްވުނު އެއްބަސްވުންތަކުގެ ޞައްޙަ ކޮޕީތަކެއްކަން 241 ކޮމިޓީގެ މުޤައްރިރު ކަށަވަރުކޮށްދެއްވާ ކަމަށެވެ.
އެ ކޮމިޓީގެ މެންބަރުންނަށް އެއްބަސްވުންތަކުގެ ހާޑުކޮޕީއެއް ދީފައިނުވާ ސަބަބު ވިދާޅުވެދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ އެ އެއްބަސްވުންތަކަކީ ދޭދޭ ޤައުމުތަކުގެ މެދުގައި ހެދިފައިވާ އެއްބަސްވުންތަކެއް ކަމަށްވާތީ އެއިން ބައެއް ސޯޝަލް މީޑިއާގައި އާންމުވުމަކީ ދެ ޤައުމުގެ ގުޅުމަށް ބުރޫއަރާނެ ކަމެއްކަމަށް ކޮމިޓީއަށް ފެންނާތީ ކަމަށެވެ.
މި ލިއުމާއި ގުޅޭ