Sunday 25th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެމްބަރު އަހްމަދު ސަލީމް (އޭދަފުށީ)

މަރުުތަކަށް އިންސާފު ހޯދުމުގެ ވާހަކަ ދައްކަން ސަރުކާރުން ލަދުގަންނަން ޖެހޭ: އިދިކޮޅު

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތަކުގެ ވާހަކަ ދައްކަން ސަރުކާރުން މިއަދު ލަދު ގަންނަން ޖެހޭނެ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމުގެ ގޮތުން ރައީސް އިބްރާހީމް ސޯލިހު އިއްވި ރިޔާސީ ބަޔާނަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން އިން ރައްދު ދީފިއެވެ.

ރައްޔިތުން މަޖިލީހުގެ މައިނޯރިޓީ ލީޑަރު އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވިދާޅުވީ ސަރުކާރުން ވެރި ކަމަށް އައީ މަރުތައް "ވިއްކައިގެން" ކަމަށެވެ. ނަމަވެސް މަރުތަކަށް އިންސާފު ހޯދުން ލަސްވެއްޖެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވެސް ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާ ކަމަށް ސަލީމް ވިދާޅުވިއެވެ.

ނަމަވެސް އެ މަސައްކަތް އަވަސް ކުރުމަށް ސަރުކާރުން އެއްވެސް މަސައްކަތެއް ނުކުރާ ކަމަށް ސަލީމް ވިދާޅުވިއެވެ. ސަލީމް ވިދާޅުވީ ރިޔާސީ ކޮމިޝަންތަކަކީ ސަރުކާރުގެ ގާތްތިމާގެ މީހުންނާއި ރައްޓެހިންނަށް ރައްޔިތުންގެ ފައިސާއިން މުސާރަ ދިނުމަށް އުފައްދާފައިވާ ބޭކާރު ތަންތަންކަމަށް ވެގެން ގޮސްފައިވާ ކަމަށެވެ.

"އެ ކޮމިޝަންތަކަށް ރައްޔިތުންގެ ޓެކްސް ފައިސާއިން އެތައް މިލިއަން ރުފިޔާ ކޮންމެ އަހަރަކު ޚަރަދުކުރާއިރު މަސައްކަތުގެ ނަތީޖާ ނުނެރެވޭތީވެ ކޮމިޝަންތައް އުވާލުމަށް ގޮވާލަން" ސަލީމް ވިދާޅުވިއެވެ.

ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސޯލިހު ވިދާޅުވީ މަރުތަކަށް އިންސާފު ހޯދުމުގެ މައްސަލަ ހީކުރި ވަރަށްވުރެ މާ ބޮޑަށް ވެސް ލަސްވެގެން ގޮސްފައިވާ ކަމަށެވެ. އެދުވަހު ރައީސް ވަނީ އެ ކަމުގައި ކުރަން ޖެހޭ މަސައްކަތާއި ފިލުވަން ޖެހޭ އޮޅުން ބޮޑު ކަމަށް ވިދާޅުވެފައެވެ.

މި ލިއުމާއި ގުޅޭ