Monday 20th Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެންބަރު އިބްރާހީމް ޝަރީފު

މަޖިލީހުގެ ތަޅުމުގައި ވާހަކަދައްކާއިރު އިޖުތިމާއީ މިންގަނޑުތަކުން ބޭރުވާކަމީ ހިތާމަހުރި ކަމެއް: ޝަރީފު

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ބަހުސްކުރަމުންދާއިރު ބައެއް މެންބަރުން ބައެއް ފަހަރަށް އާންމު އިޖުތިމާއީ މިންގަނޑުން ބޭރުވެވަޑައިގަންނަވާކަން ފާހަގަކުރެއްވޭކަމަށާއި އެއީ ހިތާމަހުރި ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފު (މަވޯޓާ) ވިދާޅުވެއްޖެއެވެ.

މިއަދު ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު ޙަސަން އަޙްމަދު ހުށަހެޅުއްވި ފަންނީ އުފެއްދުންތައް ގިންތިކުރުމުގެ ޤާނޫނުގެ ބިލަށް ބަހުސްކުރައްވަމުން ޝަރީފު ވިދާޅުވީ އަޑާއި މިއުޒިކު ބޭނުންކުރުމުގައިވެސް އާންމު އިޖުތިމާއީ މިންގަނޑުތަކަށް ރިއާޔަތްކުރަންޖެހޭ ކަމަށެވެ. އަދި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި އެފަދަ ވަސީލަތްތައް ބޭނުންކުރުންވެސް މިހާރުން އިޖުތިމާއީ ހުރިހާ އުސޫލުތަކާއި ހަމަތަކުން ބޭރުވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

"އިއްޒަތްތެރި ރައީސް ދުޅަހެޔޮ ސިއްހަތު ރަނގަޅު މުޖުތަމައެއް އަޅުގަނޑުމެން ބިނާކުރަން ބޭނުންނަމަ އިޖުތިމާއީ މިންގަނޑުތަކާއި އަޅުގަނޑުމެންގެ ސުލޫކާއި އަޚުލާޤު ވަކި މިންގަނޑެއްގެ ތެރޭގައި ހިފަހެއްޓުމަކީ މުހިއްމު އަދި ވަރަށް ބޭނުންތެރި ކަމެއް. އެހެން ނޫނިއްޔާ އަޅުގަނޑުމެންގެ މުސްތަޤުބަލުގެ ޖީލުތައް ހަލާކުވެ ސުންނާފަތިވެދާނެ،" ޝަރީފު ވިދާޅުވިއެވެ.

މަޖިލީހުގައި ބަހުސްކުރަމުންދާއިރު އެ ސުލޫކީ އަދި އަޚުލާޤީ މިންގަނޑުތަކުން ބަހުރުވަ ބޭނުންވަމުންދާ ކަމަށްވެސް ޝަރީފު ވިދާޅުވިއެވެ. އަދި އެއީ ވަރަށް ހިތާމަތެރި ކަމެއް ކަމަށާއި، ޤާނޫނުތައް އިސްލާހުކުރާއިރު އެކަމަށް ވިސްނައި މަޖިލީހުގެ މެންބަރުންގެ އަޚުލާޤިއްޔާތުވެސް އެ މިންގަނޑުތަކުގެ ތެރޭގައި ހިފަހެއްޓުމަކީ މުހިއްމު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އިތުރަށް ޝަރީފު ވިދާޅުވީ ހުށަހަޅާފައިވާ ޤާނޫނުގައި ފަންނީ އުފެއްދުންތައް މާނަކޮށްފައިވާ ގޮތަށް އިތުރަށް ރިއާޔަތްކޮށް، ޤާނޫނުގެ ބޭނުމަށްޓަކައި އެ މަފުހޫމު އެކަށީގެންވާ ގޮތެއްގައި މާނަކުރަންޖެހޭކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

އޭގެ އިތުރަށް ޝަރީފު ވިދާޅުވީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ފުޅާ ދާއިރާއެއްގައި އޮންނަންވާނެ ކަމަށާއި، އެހެންނަމަވެސް އެ މިނިވަންކަން އޮަންނަންވާނީ މުޖުތަމަޢުގެ އެންމެ އަސާސީ ބަހާތަކަށް އުނިކަން ނާންނާނެ ގޮތަށް ކަމަށެވެ. އަދި އެ ބަހާތަކަށް އުނިކަން ލިބޭ ގޮތަށް މިއުޒިކާއި ފިލްމާއި އަދަބީ އުފެއްދުންތައްވެސް އުފެއްދުމަށް ފުރުސަތު އޮވެގެންނުވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ