ރަޝިޔާގެ ބޯޑަރާއި އެންމެ ކައިރި އެއް ގައުމުކަމަށްވާ ބެލަރުސް އޮތީ އާއްމު ހާލަތުގައިކަމަށާއި އެ ގައުމުން އަންނަން ބޭނުންވާ ދިވެހި ހަ ދަރިވަރުން ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
މިނިސްޓްރީން ބުނީ ރާއްޖެ އަންނަން ބޭނުންވާ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށާއި ހަ ދަރިވަރަކު އެނބުރި އައުމަށް އިޚްތިޔާރުކޮށް، އެނބުރި އައުމުގެ މަގު ފަހިކޮށްދީފައިވާކަމަށެވެ.
މިނިސްޓްރީން ބުނީ މި ހަފްތާގެ ތެރޭގައި އެ 6 ދަރިވަރުން އެނބުރި ރާއްޖެ ގެންނާނެކަމަށެވެ.
މީގެއިތުރުން މިނިސްޓްރީން ބުނީ ބެލަރޫސްގެ ތިން ސިޓީއެއްގައި ދިވެހި ދަރިވަރުން ތަޢުލީމު ޙާޞިލުކުރަމުންދާއިރު އެ ހުރިހާ ސިޓީތަކެއްގައިވެސް ޢާއްމު ގޮތެއްގައި ދައރިވަރުން ހާޒިރުކޮށްދެން ކްލާސްތައް ކުރިއަށް ގެންދާކަމަށެވެ.
މިނިސްޓްރީން ބުނިގޮތުގައި ސަރުކާރުން އެ ޔުނިވަސީތީތަކަސް ވާހަކަ ދައްކާފައިވާއިރު ރަޝިއާ-ޔޫކްރެއިން ގެ ހަމަނުޖެހުންތަކުގެ ސަބަބުން ކިޔެވުމަށް ނުވަތަ ދަރިވަރުންނަށް އަސަރު ކުރާނެ އެ ޔުނިވަސިޓީ ތަކުން ނުދެކެއެވެ.
މިނިސްޓްރީން ބުނީ ބެލަރުސްގައި އޮތީ އާއްމު ހާލަތެއްގައިކަމަށް ދަރިވަރުންވެސް ބުނެފައިވާކަމަށާއި އެ ތަނުގައި ތިބި ދަރިވަރުންގެ ހާލަތުން ސަރުކާރުން ކައިރިން ބަލަމުންދާކަމަށެވެ.