Tuesday 19th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރަޝިޔާ

ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ރަޝިއާގެ ބިލިއަނަރެއްގެ ޔޮޓެއް ރާއްޖެއަށް

އެމެރިކާ އިން ފިޔަވަޅު އަޅާފައިވާ ރަޝިޔާގެ ބިލިއަނަރެއްގެ ޔޮޓެއް ރާއްޖޭގައި ބަނދަރުކޮށްފިއެވެ.

އޭއެފްޕީ އިން ބުނީ ރަޝިއާގެ ބިލިއަނަރު އޯލެގް ޑެރިޕަކްސާގެ "ކްލިއޯ" ނަމަކަށް ކިޔާ ސުޕަޔޮޓެއް ރާއްޖޭގައި ބަނދަރު ކޮށްފައިވާ ކަމަށެވެ. އޭނާ އަކީ ދުނިޔޭގައި އެލުއިމިނިއަމް އުފައްދާ ދެވަނަ އަށް އެންމެ ބޮޑު ކުންފުނީގެ ވެރިޔާއެވެ. އެމެރިކާ އިން ވަނީ 2018ވަނަ އަހަރު އޭނާ އަށް ދަތި ކުރުމުގެ ފިޔަވަޅު އަޅައިފައެވެ.

މާލެ ކައިރީގައި މިހާރު އެ ޔޮޓު ބަނދަރު ކޮށްފައިވީ ނަމަވެސް ޑެރިޕަކްސާ އެ ޔޮޓުގައި ހުރި ކަމެއް ރިޕޯޓު ކޮށްފައެއް ނުވެއެވެ. ރަޝިޔާ އިން ޔޫކްރެއިން އަށް އެރުމުން ހުޅަނގުގެ ގައުމުތަކުން އަންނަނީ ރަޝިޔާގެ ސަރުކާރުގެ އިސްވެރިންނާއި އެގައުމުގެ ވިޔަފާރިވެރިންނަށް ދަތި ކުރުމުގެ ފިޔަވަޅުތައް އަޅަމުންނެވެ.

އެހެންކަމުން ރަޝިޔާގެ ގިނަ ވިޔަފާރިވެރިންތައް އަންނަނީ އެމެރިކާ ފަދަ ގައުމުތަކުން ކުށްވެރިން ހަވާލު ކުރުމާ ބެހޭ އެއްބަސްވުން ހަދާފައި ނުވާ ގައުމުތަކަށް އެމީހުންގެ އަގު ބޮޑު އުޅަނދުތައް ފޮނުވަން ފަށައިފައެވެ. އެގޮތުން ރާއްޖެ އަކީ އެމެރިކާއާއެކު އެފަދަ އެއްބަސްވުމެއް ހަދާފައި ނުވާ ގައުމެކެވެ.

މި ލިއުމާއި ގުޅޭ