Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚާރިޖީ ވުޒާރާ

ރަޝިއާ އާއި ބެލަރޫސްގެ މެޑިސިން ކޯސްތައް އޮންލައިން ނުކުރާނެ

ރަޝިޔާ އަދި ބެލަރޫސްގައި ހިންގަމުންދާ މެޑިސިން ކޯސްތަކުގެ ކްލާސްތައް އޮންލައިންކޮށް ހިންގަން ޖެހޭ ހާލަތެއް އަދި ނެތް ކަމަށް އެޔުނިވަރސިޓީތަކުން ބުނެފި އެވެ.

ސިއްހީ ދާއިރާއިން ތައުލީމު ހާސިލުކުރާ 137 ދިވެހި ދަރިވަރުން ބެލަރޫސްގައި ތިބި އިރު، އެމީހުން ރާއްޖެ އައުމަށްޓަކައި ކޯސްތައް އޮންލައިންކޮށްދޭން އެދުމުން އެކަން ކުރެވެން ނެތްކަމަށް ޔުނިވާސިޓީތަކުން އޭރުވެސް އެންގި އެވެ.
އެހެންވެ ބެލަރޫސްގެ ޔުނިވާސިޓީތަކުގެ ކިޔެވުން އޮންލައިން ކުރެވޭތޯ އެ ގައުމުގެ ސަރުކާރާއި، ދިވެހި ސަރުކާރުން ވާހަކަ ދައްކައި ދިނުމަށް ދަރިވަރުންގެ ބެލެނިވެރިން އެދުނެވެ.

އެކަމަކު ބެލަރޫސްގެ ޔުނިވަރސިޓީތަކުން ބާލިންގައި ހުންނަ ދިވެހި އެމްބަސީއަށް މައުލޫމާތު ދީފައިވާ ގޮތުގައި ދަރިވަރުންގެ ކިޔެވުން އޮންލައިންކޮށް ކުރިއަށް ގެންދެވޭނީ އެގައުމުގެ ހެލްތު މިނިސްޓްރީ އަދި އެޑިއުކޭޝަން މިނިސްޓްރީއިން އެގޮތަށް ނިންމައިގެންނެވެ. އަދި ކައިރި މުސްތަގްބަލެއްގައި ކްލާސްތައް އޮންލައިން ކުރުމުގެ ވިސްނުމެއް ބެލަރޫސް ސަރުކާރުގެ ނެތެވެ.

ފޮރިން މިނިސްޓްރީން ރޭ ބުނީ، ދިވެހި ދަރިވަރުން ތިބި ސަރަހައްދުތަކަށް ނުރައްކަލެއް އޮތްކަމަށް ނުފެންނާތީ ކިޔެވުން އޮންލައިންކޮށް ކުރިއަށް ގެންދަން ނުފެންނަކަމަށް ރަޝިޔާގެ ޔުނިވާސިޓީތަކުންވެސް ބުނެފައިވާ ކަމަށެވެ.
"ދަރިވަރުން ބެލަރޫސްގައި ތިބޭ އިރު ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން ޔުނިވަރސިޓީތަކުން ޔަގީންކޮށްދޭކަމަށްވެސް ޔުނިވަރސިޓީތަކުން ދިވެހި ސަރުކާރަށް އަންގާފައިވޭ،" ފޮރިން މިނިސްޓްރީން ބުންޏެވެ.
ބެލަރޫސް އޮންނަނީ މިހާރު ހަނގުރާމަ ކުރަމުންދާ ރަޝިއާއާއި ޔޫކްރޭނާ އިންވެގެންނެވެ. އެގައުމުގެ ހަނގުރާމައިގެ އެއްވެސް ކަމެއް އަދި ނުހިނގި ނަމަވެސް، ބެލަރޫސް އިން ދަނީ ރަޝިއާއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އަދި ރަޝިއާއާއި ބެލަރޫސްއާ ގުޅޭ ބޯޑަރު ސަރަހައްދުގައި ގިނަ އަދަދެއްގެ ރަޝިއާ ސިފައިންވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.
ހަނގުރާމަ ހިނގަމުންދާ ޔޫކްރޭންގައި މިހާރު ތިބީ ނުވަ ދިވެހިން ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެ އެވެ. އެ ނުވަ މީހުންވެސް މިހާރު ދަނީ ޔޫކްރޭނުން ނުކުތުމަށް ބޯޑަރާ ދިމާއަށް ދަތުރު ކުރަމުންނެވެ.
މި ލިއުމާއި ގުޅޭ