Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މައިކްރޯސޮފްޓް

މައިކްރޯސޮފްޓުގެ ސީއީއޯ ސަޓްޔާ ނަޑެއްލާގެ ދަރިފުޅު މަރުވެއްޖެ

މައިކްރޯސޮފްޓުގެ ޗީފް އެގްޒެކެޓިވް އޮފިސާ (ސީއީއޯ) ސަޓްޔާ ނަޑެއްލާގެ ދަރިފުޅު، ޒައިން ނަޑެއްލާ އުމުރުން 26 އަހަރުގައި މިއަދު ނިޔާވެފައިވާކަމަށް އެ ކުންފުނިން މިއަދު ބުނެފިއެވެ.

އުމުރުން ސައްބީސް އަހަރުގެ ޒައިންއަކީ އުފަންވުމުގައިވެސް ސެރޭބަލް ޕަލްސީ ނަމަކަށް ކިޔާ ބައްޔެއް ތަހައްމަލުކުރަމުން އައި ޒުވާނެކެވެ.

އެ ކުންފުނީގެ އިސް މުވައްޒަފުންނަށް މައިކްރޯސޮފްޓުން ފޮނުވި މެއިލެއްގައި ބުނެފައިވަނީ ޒައިން މަރުވެފައިވާ ކަމަށާއި، ސަޓްޔާގެ އާއިލާ މުވައްޒަފުންގެ ފިކުރާއި ދުއާގައި ބައިވެރިކުރުމަށް އެދޭ ކަމަށެވެ. އަދި ޒާތީ ގޮތެއްގައި ހިތާމަކުރަން ބޭނުންވާ ޖާގަ އާއިލާއަށް ދިނުމަށްވެސް ކުންފުނިން އެދުނެވެ.

ޒައިން ބަލާބޮޑުކުރުމުގައި ލިބުނު ތަޖުރިބާތަކުގެ އަލީގައި ސަޓްޔާ މައިކްރޯސޮފްޓާ ހަވާލުވި ފަހުން އެ ކުންފުނީގެ ޚިދުމަތްތަކާއި އުފެއްދުންތައް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަސޭހައިން ބޭނުންކުރެވޭ ގޮތަށް ފަރުމާކުރުމަށް އިސްކަންދިނެވެ.

ފާއިތުވި އަހަރުގައި ނަޑެއްލާއާއި އޭނާގެ އަންހެނުން އަނޫއާ ގުޅިގެން ޒައިންގެ ފަރުވާގެ ބޮޑު ބައެއް އެ ހޮސްޕިޓަލަކުން ފުރިހަމަކުރި ކުޑަކުދިންގެ ހޮސްޕިޓަލުންވަނީ ޒައިން ނަޑެއްލާ އެންޑައުޑް ޗެއާ އިން ނިއުރޯ ސައެންސްގެ ނަމުގައި ޚާއްޞަ އެންޑައުމެންޓެއް ޤާއިމުކޮށްފައެވެ.

އެ ހޮސްޕިޓަލުގެ ސީއީއޯ ބޯޑުގެ މެންބަރުންނަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވެފައިވަނީ ޒައިންގެ އުޖާލާ ހިނިތުންވުމާއި އޭނާގެ އާއިލާއާއި އޭނާދެކެ ލޯބިވި އެންމެނަށް އޭނާގެ ކިބައިން ލިބުނު އުފާވެރިކަމަށްޓަކައި އޭނާގެ ހަނދުމަ ދާއިމުވާނެ ކަމަށެވެ.

މި ލިއުމާއި ގުޅޭ