Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރަޝިޔާ

އެމެރިކާއިން ފިޔަވަޅު އަޅާނެކަމުގެ ބިރަށް ރަޝިޔާ މަހުޖަނުންގެ ޔޮޓުތައް ރާއްޖެއަށް މިސްރާބު ޖަހައިފި

ރަޝިޔާގެ ރައީސް ވްލަޑްމިރް ޕުޓިންގެ އަރިސް މަހުޖަނުންގެ ސުޕަރ ޔޮޓުތައް ދިވެހިރާއްޖެއާއި މޮންޓެންގްރޯއަށް މިސްރާބު ޖަހާފައިވާ ކަމަށް ސީއެންބީސީއިން ރިޕޯޓުކޮށްފިއެވެ.

އެ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ޔޮޓުތައް ރާއްޖެ އަދި މޮންޓެނެގްރޯއަށް މިސްރާބު ޖަހާފައިވަނީ، ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާއި ގުޅިގެން އެމެރިކާއިން ރަޝިޔާގެ ރައީސްގެ ގާތް ފަރާތްތަކަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ނިންމުމާއި ގުޅިގެންނެވެ. އެމެރިކާއިން ވަނީ ޕޫޓިންގެ އަރިސް ފަރާތްތަކުގެ މުދާ ހިފަހައްޓަން ނިންމާފައެވެ. މިއާއި އެކު އެމެރިކާގެ އިހްތިސާސް ހިނގާ ސަރަހައްދުތަކާއި އެމެރިކާ އާއި އެކު އެކްސްޓްރެޑިޝަން ޓްރީޓީ ހަދާފައިވާ ސަރަހައްދުތަކުގައި މިއިން ފަރާތެއްގެ މުދާ ހުރިނަމަ އެ ހިފެހެއްޓޭނެއެވެ.

ސީއެންބީސީ އިން ބުނެފައިވާ ގޮތުގައި ރަޝިޔާއަށް ނިސްބަތްވާ 4 މަހުޖަނެއްގެ 4 ސުޕަރ ޔޮޓު މިހާރު ދަނީ ރާއްޖެ އަދި މޮންޓެނެގްރޯ އާއި ދިމާލަށް ދަތުރުކުރަމުންނެވެ. މޮންޓެނެގްރޯއަކީ ބަލްކަން ޤައުމެކެވެ.

ދިވެހިރާއްޖެއާއި އެމެރިކާއާއި ދެމެދު އެކްސްޓްރެޑިޝަން ޓްރީޓީއެއް ނޯވެއެވެ. އެހެން ނަމަވެސް މީގެ ކުރިން 2014 ވަނަ އަހަރު، އެމެރިކާއިން އެދިގެން، ރާއްޖޭގައި ހުރި ރަޝިޔާ ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރެއްގެ ދަރިއަކު ރާއްޖެއިން ވަނީ ހައްޔަރުކޮށް އެމެރިކާ އާއި ހަވާލުކޮށްފައެވެ. އެކަމާއި ގުޅިގެން ރާއްޖެއާއި ރަޝިޔާ އާއި ދެމެދު ގުޅުން ވަރަށް ގޯސްވިއެވެ. އެކަންތައް ކުރުމުގައި އޭރު އިސްކޮށް ހުންނެވީ އޭރުގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމްއެވެ.

ދިވެހިރާއްޖެއަކީ ރަޝިޔާ ފަތުރުވެރިންގެ މެދުގައި ވަރަށް މަޝްހޫރު މަންޒިލެކެވެ. ރަޝިޔާ ބިލިއަނަރުންގެ ޔޮޓުތައް މީގެ ކުރިންވެސް ރާއްޖެއަށް ޒިޔާރަތްކުރެއެވެ.

މި ލިއުމާއި ގުޅޭ