Friday 13th Dec 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ބެލަރޫސް

ބެލަރޫސްގައި ނިއުކްލިއަރ ހަތިޔާރު ބެހެއްޓޭ ގޮތަށް ޤާނޫނު އަސާސީ އިސްލާހުކޮށްފި

އިރުމަތީ ޔޫރަޕުގެ ޤައުމެއް ކަމަށްވާ ބެލަރުސްގައި ނިއުކްލިއަރ ހަތިޔާރު ބެހެއްޓޭ ގޮތަށް އެ ޤައުމުގެ ޤާނޫނު އަސާސީއަށް އިސްލާހު ގެނެސްފިއެވެ.

އިއްޔެ ބޭއްވި ފެންނަ ނުފެންނަ އިންތިހާބެއްގައި އަލަށް މި ގެނައި ބަދަލުތަކަށް ތާއީދުކޮށް 65.2 އިންސައްތަ މީހުން ވޯޓު ދިންކަމަށް އެ ޤައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ. އަލަށް މި ގެނައި ބަދަލުތަކާއި އެކު ބެލަރުސްގައި ނިއުކްލިއަރ ހަތިޔާރު ބެހެއްޓޭ އިރު ދާއިމީ ގޮތެއްގައި ރަޝިޔާ ސިފައިންވެސް ތިބުމުގެ ފުރުސަތު ލިބޭނެއެވެ. ބެލަރުސްގައި ނިއުކްލިއަރ ހަތިޔާރު ނެތަސް، ރަޝިޔާ އަކީ ނިއުކްލިއަރ ބާރެއް ކަމުން ޤާނޫނަށް ގެނައި އިސްލާހުގެ ބޭނުމަކީ ރަޝިޔާގެ ހަތިޔާރުތައް ބެހެއްޓުމެވެ.

ސޯވިއެޓް ޔުނިއަން އުވި ދިޔުމަށްފަހު ބެލަރުސް އިން ވަނީ އަމިއްލައަށް ނިއުކްލިއަރ ހަތިޔާރުތައް ދޫކޮށްލާފައެވެ. އަލުން އެ ޤައުމުގައި ނިއުކްލިއަރ ހަތިޔާރު ބެހެއްޓުން ވެގެންދާނީ ޔޫރަޕުގެ ސަލާމަތަށް އޭގެ ސަބަބުން އަސަރު ކުރާނެ ކަމެއްގެ ގޮތުގައި ކަމަށް ކަމާއި ބެހޭ ބައެއް މާހިރުން ދެކެއެވެ.

ބެލަރުސް އަކީ މިނިވަން ދައުލަތެއް ނަމަވެސް އެ ޤައުމުގެ ކަންކަމުގައި ރަޝިޔާގެ ނުފޫޒު ވަރަށް ބޮޑެވެ. މިހާރު ހިނގަމުންދާ ރަޝިޔާ ޔޫކްރެއިން ހަނގުރާމާގައި، ޔޫކްރެއިނަށް އެރުމަށް ރަޝިޔާ ސިފައިން ވަނީ ބެލަރުސް ބޭނުންކޮށްފައެވެ. އަދި ޔޫކްރެއިންގެ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ބެލަރުސްގެ ސިފައިންވެސް ދަނީ ރަޝިޔާ ސިފައިންނާއި އެކު ޔޫކްރެއިނަށް އެރުމަށް ތައްޔާރުވަމުންނެވެ.

މި ލިއުމާއި ގުޅޭ