Monday 11th Dec 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މިނިސްޓަރު ޔުމްނާ މައުމޫން

ކޮންމެ ރަށެއްގައިވެސް އެރަށެއްގެ ތާރީހު ދިރާސާކުރާ ބަޔަކު ތިބުން މުހިންމު: މިނިސްޓަރު

ކޮންމެ ރަށެއްގައިވެސް އެ ރަށެއްގެ ތާރީހު ދިރާސާކުރާ ބަޔަކު ތިބުން މުހިންމު ކަމަށް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ ރާއްޖޭގެ ގައުމީ ތާރީހުގެ ދުވަހާ ގުޅިގެން ދުވަހުގެ ތަހުނިޔާ ފޮނުއްވައި މިނިސްޓަރު ޔުމްނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދިވެހީންނަކީ ދިގު އަދި މުއްސަނދި ތާރީހެއް ލިބިފައިވާ ބައެއް ކަމަށެވެ.
އަދި އެ ތާރީހު ދިރާސާކޮށް ލިޔެ، އަންނާން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ މުހިންމު ގައުމީ މަސައްކަތެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އެ ރަށެއްގެ ތާރީހާމެދު ޒުވާން ޖީލުތައް ޝައުގުވެރި ކުރުވުމާއި، ކޮންމެ ރަށެއްގައި ވެސް އެ ރަށެއްގެ ތާރީހު ދިރާސާ ކޮށް، ރަށުން ބޭރުން އަންނަ މެހެމާނުންނަށް އެ ރަށުގެ ތާރީހު ކިޔައިދޭން އެނގޭ ބަޔަކު ތިބުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް މިނިސްޓަރު ޔުމްނާ ވިދާޅުވި އެވެ.

މިއީ ރާއްޖޭގައި ގައުމީ ތާރީހުގެ ދުވަސް ފާހަގަކުރާ ފަސްވަނަ އަހަރެވެ. މި ދުވަސް ފާހަގަކުރަނީ އަލްޣާޒީ ހަސަން ތާޖުއްދީނަށް ހާއްސަކޮށްގެންނެވެ.

އެގޮތުން މި އަހަރުގެ ގައުމީ ތާރީހު ދުވަހުގެ ޝިއާރަކީ "ދިވެހި ތާރީހާއި ފަތުރުވެރިކަން" އެވެ. އެ ޝިއާރު ކަނޑައެޅީ މި އަހަރު ފާހަގަކުރާ، ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުމާ ގުޅުވައިގެންނެވެ. އެ ޝިއާރުން ބުނެދެނީ ރާއްޖޭގެ ތާރީހަކީ ފަތުރުވެރިކަމުގައި ވެސް މުހިންމު ދައުރެއް އަދާކުރެވިދާނެ އެއްޗެއް ކަމެވެ.
މި ލިއުމާއި ގުޅޭ