Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މިނިސްޓަރ ފައްޔާޒް

ރާއްޖެއިން އިންޓެނެޓު ބޭރަށް ވިއްކުމަކީ އަމާޒު: ފައްޔާޒު

މުސްތަޤުބަލުގައި ދިވެހިރާއްޖެއިން ބޭރުގެ ޤައުމުތަކަށް އިންޓެނެޓު ވިއްކުމަކީ ސަރުކާރުގެ އުންމީދެއް ކަމަށް އިޤުތިޞާދީ ވަޒީރު ފައްޔާޟް އިސްމާއީލް ވިދާޅުވެއްޖެއެވެ.

މިފަދައިން ފައްޔާޒު ވިދާޅުވީ އިންޑިއާގެ ރިލައެންސް ޖިއޯގެ އިންޑިއާ އޭޝިއާ އެކްސްޕްރެސް ކޭބަލާ ރާއްޖެ ގުޅައިލުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ކްރޮސްރޯޑްގައި ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

ފައްޔާޒު ވިދާޅުވި ގޮތުގައި މިހާރު ރާއްޖެއިން ބޭރުކުރަނީ ހަމައެކަނި މަސްވެރިކަމުގެ އުފެއްދުންތަކެވެ. އެހެންނަމަވެސް އިންޓަނެޓު އެކްސްޕޯޓުކުރުމަކީ ނުކުރެވޭނެ ކަމެއް ނޫން ކަމަށާއި، އުންމީދަކީ ޑޭޓާ ސެންޓަރުތަކާ ގުޅައިލާ އިންޓެނެޓުގެ ޤާބިލުކަން އިތުރުކޮށްގެން އެހެން ޤައުމުތަކާ ވިޔަފާރިކުރެވުން ކަމަށްވެއް މިނިސްޓަރު ވިދާޅުވިއެވެ.

"މިވަގުތު އަޅުގަނޑުމެން މިކުރާ ހަމައެކަނި އެކްސްޕޯޓަކީ މަސްވެރިކަމުގެ އުފެއްދުންތައް. އެކަމަކު، މި އިންފްރާސްޓްރަކްޗާ ގާއިމުކުރުމާއެކު، އަޅުގަނޑުމެންނަށް ޑޭޓާ ސެންޓަރުތަކާއި އިންޓަނެޓު ކެޕޭސިޓީ ފޯރުކޮށްދީގެން އެހެން ގައުމުތަކާ ވިޔަފާރި ކުރެވޭނެކަމަށް އުންމީދުކުރަން،" ފައްޔާޒް ވިދާޅުވިއެވެ.

އިތުރަށް ފައްޔާޒު ވިދާޅުވީ ސަރުކާރުން ކޭބަލެއް އެޅުމުގެ ބޭނުމަކީ މިހާރު މުވާސަލާތީ ޚިދުމަތް ފޯރުކޮށްދޭ ކުންފުނިތަކާ ވާދަކުރުން ނޫން ކަމަށާއި، ނަމަވެސް މި ކޭބަލް ގުޅައިލެވުމުން އެކަމުގެ ލުއިތައް އެ ކުންފުނިތަކަށްވެސް ލިބޭނެކަމަށެވެ.

އެގޮތުން މިނިސްޓަރު ވިދާޅުވީ އިންޓަނެޓުގެ ޚިދުމަތް ފޯރުކޮށްދޭ ހުރިހާ ކުންފުނިތަކަށްވެސް މި ކޭބަލް އެޅުމުން، ހެޔޮ އަގުގައި ސަރުކާރުން އިންޓަނެޓު ގަނެގެން ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ފުރުސަތު އޮންނާނެ ކަމާށެވެ. އަދި މިކަމުގެ ސަބަބުން އިންޓަނެޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ ތެރެއަަށް އިތުރު ކުންފުނިތަކަށް ވަދެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަދި މި ކޭބަލުން ރާއްޖެއާއި ސިންގަޕޫރާއި އިންޑިއާއާ ސީދާ ގުޅުވައިލެވުމަކީ ރާއްޖޭގައި ފޯރުކޮށްދޭ އިންޓަނެޓުގެ ޚިދުމަތުގެ ފެންވަރު މަތިކުރެވޭނެ ކަމެއް ކަމަށާއި، މި ސަރަހައްދުގައި ހުރި އެންމެ ބޮޑު ޑޭޓާ ސެންޓަރުތަކާއި އިންޓަނެޓް އެކްސްޗޭންޖުތަކާ ގުޅުވައިލެވިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ