Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފަތުރުވެރިކަން

އޮސްޓްރޭލިއާގެ އައިއެމްއެމްގައި އެމްއެމްޕީއާރުސީން ބައިވެރިވެއްޖެ

އޮސްޓްރޭލިއާގެ ޓްރެވްމީޑިއާއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ އިންޓަނޭޝަނަލް މީޑިއާ މާލެކްޓްޕްލޭސްގައި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)އިން ބައިވެރިވެއްޖެއެވެ.

އައިއެމްއެމްގައި ރާއްޖެ ތަމްސީލުކުރަން ދަނީ އެމްއެމްޕީއާރުސީގެ ފަރާތުން އޮސްޓްރޭލިއާއަށް ކަނޑައަޅާފައިވާ ޕަބްލިކް ރިލޭޝަންސް އެޖެންސީއެވެ. މި އިވެންޓު ބާއްވަނީ މި މަހުގެ 17 ވަނަ ދުވަހުން ފެށިގެން 18 ވަނަ ދުވަހާ ހަމައަށެވެ.

މި ހަރަކާތަކީ އޮސްޓްރޭލިއާގެ ފަތުރުވެރިން ދަތުރުކުރުމަށް ބޭނުންވާ މަންޒިލުތަކާ ބެހޭ މައުލޫމާތު ފޯރުކޮށްދިނުން ކަމުގައިވާއިރު، މި ހަރަކާތުގައި އެމްއެމްޕީއާރުސީން ބައިވެރިވަނީ ރާއްޖެއަކީ އޮސްޓްރޭލިއާގެ ފަތުރުވެރިން ދަތުރުކުރުމަށް އެންމެ އެކަށީގެންވާ މަންޒިލެއްގެ ގޮތުގައި އިސްތިހާރުކުރުމަށް ކަމަށް އެ ކުންފުނިން ބުނެއެވެ.

އަދި މި ހަރަކާތުގެ ތެރެއިން ރާއްޖޭގެ ފަތުރުވެރިކަމުގެ އުފެއްދުންތައް ކަމަށްވާ ރިސޯޓާއި ގެސްޓްހައުސްއާއި ހޯމް ސްޓޭގެ އިތުރަށް ލިވައެބޯޑުތަކުގެ މައުލޫމާތާއި ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް ތަޖުރިބާކުރަން ލިބޭ ތަފާތު ކަންކަމުގެ މައުލޫމާތު އޮސްޓްރޭލިއާއާއި ނިއުޒިލޭންޑުގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާ ހިއްސާކޮށްފައިވާ ކަމަށެވެ.

އެ ކުންފުނިން ބުނި ގޮތުގައި އެމްއެމްޕީއާރުސީން މި ހަރަކާތުގައި ބައިވެރިވުމުގެ އެންމެ މުހިއްމު މަޤުޞަދަކީ އޮސްޓްރޭލިއާގައި ރާއްޖޭގެ މަޤުބޫލުކަން ދެމެހެއްޓުމާއި އެ ބާޒާރުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުން ކަމަށެވެ.

ކޮވިޑުގެ ބަލިމަޑުކަމުގެ ކުރިން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައި އެއް ޤައުމަކީ އޮސްޓްރޭލިއާއެވެ. އެގޮތުން 2019 ވަނަ އަހަރު އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި 10 ޤައުމުގެ ތެރޭގައި އޮސްޓްރޭލިއާ ހިމެނެއެވެ. އެ އަހަރު 39،928 ފަތުރުވެރިން އެ ޤައުމުން އައެވެ.

މި ލިއުމާއި ގުޅޭ