Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެންބަރު މުޙައްމަދު އަސްލަމް

އެމްޑީޕީ ޕީޖީ ލީޑަރުކަމަށް އަސްލަމް އިންތިޚާބުވެވަޑައިގެންފި

އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕް (ޕީޖީ) ލީޑަރު ކަމަށް ރައްޔިތުން މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އިންތިޚާބުވެވަޑައިގެންފިއެވެ.

މިއަދު އޮތް އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕް އިންތިހާބުގައި ޕީޖީ ލީޑަރު ކަމަށް އަސްލަމްގެ އިތުރުން ވާދަކުރެއްވީ އެ މަގާމު މިހާރު ވެސް ފުރުއްވާ ރައްޔިތުން މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމެވެ.

ޕީޖީ ލީޑަރުކަމަށް އަސްލަމް އިންތިޚާބުވެވަޑައިގެންނެވިއިރު ނައިބުލީޑަރުންގެ މަޤާމަށް ތިން ބޭފުޅުން ވާދަކުރެއްވިއެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ހުސައިން (ބިގޭ)އާއި، ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙުސައިން ޝަހީމު (އަނދުން)ގެ އިތުރުން ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބެވެ.

އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގެ ނައިބު ލީޑަރުންގެ މަޤާމަށް އިންތިޚާބުވެވަޑައިގަތީ އަނދުން ހުސައިނާއި ބިގޭއެވެ. ދެ ބޭފުޅުންނަކީވެސް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާ އަރިސް ބޭފުޅުންނެވެ. އަސްލަމަކީވެސް ރައީސް ޞާލިޙުގެ ސިޔާސަތުތައް ދިފާޢުކުރައްވާ އެމަނިކުފާނާ ގާތް ގުޅުމެއް އޮންނަ ބޭފުޅެކެވެ.

އެމްޑީޕީ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރާއި ނައިބު ލީޑަރުން އިންތިޚާބުކޮށްފައިވާއިރު، އަންނަ އޭޕްރީލް މަހުގައި އެ ޕާޓީގެ ޗެއާޕާސަން އިންތިޚާބުކުރުން އޮންނާއެވެ. އެ މަޤާމަށް ވާދަކުރައްވާނީ އެ ޕާޓީގެ ތަރުޖަމާނުގެ މަޤާމު 10 އަހަރު ދުވަހު އަދާކުރެއްވި މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީއާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލެވެ.

މި ލިއުމާއި ގުޅޭ