Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިންޑިއާ

ނިއުކްލިއަރ ހަތިޔާރު އުފެއްދުމަށް ބޭނުންކުރާ މާއްދާއެއް ކަޅު ބާޒާރުގައި ވިއްކަން އުޅުނު ދެ އިންޑިއާ މީހަކު ހައްޔަރުކޮށްފި

ނިއުކްލިއަރ ހަތިޔާރުގައި ބޭނުން ކުރާ މާއްދާއެއް ކަމަށްވާ ޔުރޭނިއަމް ކަޅު ބާޒާރުގައި ވިއްކަން އުޅެނިކޮށް އިންޑިއާ ދެމީހަކު ނޭޕާލުގައި ހައްޔަރުކޮށްފިއެވެ.

ނޭޕާލުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އުޕެންޑްރާ ކުމާރް މިޝްރާ އަދި ރާޖޫ ތަކޫރު ނަމަކަށް ކިޔާ މިދެމީހުން ހައްޔަރުކުރީ ނޭޕާލުގެ ވެރިރަށް ކަތަމަންޑޫގެ ރަށްބޭރުގައި ހުރި ހޮޓަލެއްގެ ކާރު ޕާކު ކުރާ ސަރަހައްދުގައި ޕާކުކޮށްފައި އޮތް ކާރެއްގެ ތެރެއިންނެވެ. އެ ކާރުގެ ތެރޭގައި ޔުރޭނިއަމްވެސް ހުއްޓެވެ. އަދި އެމީހުން މަސައްކަތް ކުރަމުންދިޔައީ ޔުރޭނިއަމް ކިލޯއެއް 350 މިލިއަން ރުޕީސްއަށް ވިއްކުމަށެވެ.

އެދެމީހުން ނޭޕާލަށް ޔުރޭނިއަމް އެތެރެކުރީ އިންޑިއާއިންނެވެ. އިންޑިއާ އަކީ ނިއުކްލިއަރ ބާރެކެވެ. އެހެން ނަމަވެސް ނިއުކްލިއަރ ހަތިޔާރު ހެދުމަށް ބޭނުން ކުރާ މާއްދާތަކަކީ އާންމުކޮށް ލިބެން ހުންނަ އެއްޗެއް ނޫނެވެ. މި މައްސަލާގައި މިހާރު އިތުރު 5 މީހުން ހައްޔަރުކޮށްފައިވާ ކަމަށް ނޭޕާލުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.

ފާއިތުވި 20 އަހަރު ތެރޭގައި އިންޑިއާގެ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުރި ތަންތަނުން ޔުރޭނިއަމް އާއި ޕްލުޓޯނިއަމް ގެއްލުމުގެ ހާދިސާތައް ވަނީ ހިނގާފައެވެ. ނިއުކްލިއަރ މާއްދާތައް ރައްކާތެރި ކުރުމަށް އިންޓަނޭޝަލް އެޓޮމިކް އެނަރޖީ އޭޖެންސީ ގެ ކޮންވެންޝަންތަކުން ކަނޑައަޅާފައިވާ އުސޫލުތަކާއި އިންޑިއާއިން ވަނީ ތަކުރާރުކޮށް ހިލާފުވެފައެވެ.

މި ލިއުމާއި ގުޅޭ