Sunday 20th Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރަޖަބް ތައްޔިބް އުރުދުޣާން

ވިޔަފާރިއާ ގުޅޭ މަޝްވަރާތައް ކުރެއްވުމަށް އުރުދުޣާން އެމިރޭޓްސްއަށް ވަޑައިގެންފި

ނުވަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ތުރުކީގެ ރައީސް ރަޖަބް ޠައްޔިބު އުރުދުޣާން އެކުވެރި ޢަރަބި އިމާރާތަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެންފިއެވެ. މި ދަތުރުފުޅަކީ ދެ ޤައުމުގެ މެދުގައި ވިޔަފާރީގެ ގުޅުން ބަދަހިކުރުމުގެ މަޤުޞަދުގައި ކުރައްވާ ދަތުރުފުޅެކެވެ.

އުރުދުޣާންގެ މި ދަތުރުފުޅަކީ ޢަރަބި ބަހާރާ ގުޅިގެން ތުރުކީއާއި އިމާރާތުގެ މެދުގައި އޮތް ގުޅުން ގޯސްވިތާ 10 ވަރަކަށް އަހަރު ފަހުން ކުރައްވާ ދަތުރުފުޅެކެވެ.

އިމާރާތުގެ ނުރަސްމީ ވެރިޔާ ޝައިޚް މުޙައްމަދު ބިން ޒާއިދު އައްނަހުޔާންވަނީ އެ ޤައުމުގެ ވެރިރަށް އަބޫދާބީގެ އެއާޕޯޓުން އުރުދުޣާނަށް މަރުހަބާ ވިދާޅުވެފައެވެ. އަންގާރަދުވަހުގައި ދެ ޤައުމުގެ މެދުގައި ރަސްމީ މަޝްވަރާތައް ކުރިއަށްގެންދަން ނިންމާފއިވަނީ ދުބާއީ އެކްސްޕޯ 2020 އޮތް ސަރަހައްދުގައެވެ.

ތުރުކީގެ އަނަދޮލޫ ނޫސް އޭޖެންސީއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ރައީސް އުރުދުޣާންގެ މި ދަތުރުފުޅުގެ ފުރަތަމަ ދުވަހުގައި ދެ ޤައުމުގެ މެދުގައި އެއްބާރުލުން ދިނުމާ ގުޅޭ ޖުމްލަ 13 އެއްބަސްވުމެއްގައި ސޮއިކޮށްފައިވެއެވެ.

އިމާރާތުގެ ރަސްމީ ނޫސް އިދާރާއިން ބުނި ގޮތުގައި ތުރުކީއާއި އިމާރާތުގެ މެދުގައި މިހާރު ކުރަމުން އަންނަ ވިޔަފާރި ދެގުނައަށް އިތުރުކުރުމަށް، ދެ ޤައުމުންވެސް މަސައްކަތްކުރައްވާނެ ކަމަށް އިމާރާތުގެ ޚާރިޖީވަޒީރު މުޙައްމަދު ބިން ޒާއިދު ވިދާޅުވެފައިވެއެވެ.

މި އެއްބަސްވުންތަކުގެ ތެރޭގައި ދަނޑުވެރިކަމުގެ ދާއިރާއާއި، މީޑިއާއާއި ދަތުރުފަތުރުގެ ދާއިރާއާ ގުޅުންހުރި އެއްބަސްވުންތައް ހިމެނެއެވެ. އަދި ދެ ޤައުމުގެ މެދުގައި ސަލާމަތީ ދާއިރާއިން އެއްބާރުލުން ދިނުމާ ގުޅޭ މަޝްވަރާތައް ފެށުމާ ގުޅޭ ގޮތުން ވާހަކަދެކެވޭނެ ކަމަށް ތުރުކީގެ ރަސްމީ ނޫސް އެޖެންސީން ބުންޏެވެ.

މެދުއިރުމައްޗަށް ބޮޑު އިންޤިލާބީ ބަދަލުތަކެއް ގެނައި 2011 ވަނަ އަހަރުގެ ޢަރަބި ބަހާރުގެ އިންޤިލާބުތަކާއެކު އެ ސަރަހައްދުގައި ދެ ޤައުމުގެ ނުފޫޒު އިތުރުކުރުމުގައި ތުރުކީއާއި އެކުވެރި އަރަބި އިމާރާތުގެ މެދުގައި ވާދަވެރިކަން ބޮޑުވިއެވެ.

މި ލިއުމާއި ގުޅޭ