Friday 1st Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ނަޝީދު

30 އިންސައްތަ ވޯޓު ހޯދައިގެން ރައީސްކަމަށް އާދެވޭ ގޮތަށް ޤާނޫނު އަސާސީ ބަދަލުކުރަން ނަޝީދު ހުށަހަޅުއްވައިފި

ރިޔާސީ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން އިންތިޚާބު ކާމިޔާބުކުރައްވާ ކެންޑިޑޭޓު ކަނޑައެޅުމުގައި އަމަލުކުރާ އުސޫލަށް ބަދަލު ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް އެ ޕާޓީގެ ޤައުމީ މަޖިލީހަށް ހުށަހަޅުއްވަން ނިންމަވައިފިއެވެ.

ރައީސް ނަޝީދުވަނީ ޤާނޫނު އަސާސީއަށް ބޮޑެތި އިސްލާހުތަކެއް ގެނައުމަށް ހުށަހަޅުއްވާފައެވެ. އެގޮތުން ވެރިކަމުގެ ނިޒާމު ބަދަލުކުރުމާއެކު ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް މީހުން އިންތިޚާބުކުރުމުގައި އަމަލުކުރުމަށް ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ މިންގަނޑަށްވެސް ބަދަލުތަކެއް ގެނައުމަށްވަނީ ހުށަހަޅުއްވާފައެވެ.

މިހާރު ރައީސަކު ހޮވުމުގައި އަމަލުކުރަމުން އަންނަ ގޮތަކީ އިންތިޚާބުން ފަންސާސް އިންސައްތައަށްވުރެ އިތުރަށް ވޯޓު ކާމިޔާބުކުރާ ކެންޑިޑޭޓަކަށް އިންތިޚާބު ކާމިޔާބުވާ އުސޫލެވެ. އަދި އެއްވެސް ކެންޑިޑޭޓަކަށް ފަންސާސް އިންސައްތަ ނުލިބޭ ހާލަތުގައި އިންތިޚާބުގައި ވާދަކުރި ކެންޑިޑޭޓުންގެ ތެރެއިން އެންމެ ގިނަ ވޯޓު ލިބުނު 2 ކެންޑިޑޭޓުންގެ މެދުގައި އިންތިޚާބުގެ ދެވަނަ ބުރެއް ބާއްވައި އެ ބުރުން ފަންސާސް އިންސައްތައަށްވުރެ އިތުރަށް ވޯޓު ލިބޭ ކެންޑިޑޭޓު ރައީސަކަށް އިންތިޚާބުކުރަނީއެވެ.

އެ އުސޫލު ބަދަލުކުރަން ރައީސް ނަޝީދު ހުށަހަޅުއްވާފައިވަނީ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން އިންތިޚާބު ކާމިޔާބުވާނީ 30 އިންސައްތަ ވޯޓު ކާމިޔާބުވާ ކެންޑިޑޭޓަކަށް ކަމަށާއި، އެ އަދަދަށް އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ނުލިބޭ ހާލަތުގައި އެންމެ ގިނަ ވޯޓު ލިބުނު ދެ ކެންޑިޑޭޓުން ދެވަނަ ބުރެއްގައި ވާދަކުރާ ގޮތަށް ހަމަޖެއްސުމަށެވެ.

ނަޝީދު ހުށަހަޅުއްވާފައިވަނީ ރިޔާސީ އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ ބޭއްވުމުގެ ކުރިން އެ ޕާޓީގެ ކޮންގުރެސްއެއް ބާއްވާށެވެ. އަދި ކޮންގުރެސްއިން ޤާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ފާސްކޮށް، ވެރިކަމުގެ ނިޒާމު ކަނޑައެޅުމާ ގުޅޭ ވޯޓު ބޭއްވުމަށެވެ.

މި ލިއުމާއި ގުޅޭ