Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އަހްމަދު ނަރީޝް

ނިއުޕޯޓު ހުރި ބިމަކީ މިހާރު ޕްލޭނިން މިނިސްޓްރީ އާއި ބެހޭތަނެއް ނޫން: މާލެ ސިޓީ ކައުންސިލް

ނިއު ޕޯޓް އިމާރާތް ހުންނަ ބިމަކީ ލާމަރުކަޒީ ޤާނޫނު ވުޖޫދުވި އިރުވެސް އެއްވެސް ބައެއްގެ ރެޖިސްޓްރީގައި އޮތް ބިމެއް ނޫންކަމަށާއި މިވަގުތުވެސް އެތަނާއި އެތަނާއި ގުޅިފައިވާ ބިންތަކުގެ މައްސަލަ ކައުންސިލާއި ދެކޮޅަށް ކޯޓުތަކުގައި އެބަހިގާއިރު އެއީ މާލޭ ސިޓީ ކައުންސިލުގެ ބިމެއްކަމަށް މާލޭގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް ވިދާޅުވެއްޖެއެވެ.

ބްރިޖް ވިއު ފްލެޓުފޯމާ އެކު ހިންގަމުން ދިޔަ ނިއުޕޯޓް ވިއު ރެސްޓޯރެންޓް ހުސްކޮށް، އެ ބިން ދައުލަތަށް ހަވާލުކުރަން ސިވިލް ކޯޓުން ކުރި ހުކުމް ހައި ކޯޓުން ވަނީ ދަމަހައްޓައިފައިވާއިރު އެ ބިން ދައުލަތާ ހަވާލުކުރަން މާލޭ ސިޓީ ކައުންސިލުން ހުރަސްއަޅާ ކަމަށް ބުނެ ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވައި ނަރީޝް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެއީ ކައުންސިލްގެ ބިމަކަށް ނުވާ ނަމަ، އެ ބިމުން ކުލި ނަގަން އަންގަން ޖެހޭ އެއްވެސް ސަބަބެއް ވެސް ނެތްކަމަށެވެ.

ނަރީޝް ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް އަމަލުކުރަން ފެށިއިރު ވެސް އެ ބިމަކީ އެއްވެސް ބައެއްގެ ރަޖިސްޓްރީގައި އޮތް ބިމެއް ނޫންކަމަށާއި އެ ބިމާއި އެތަނާ ގުޅިފައިވާ އެހެން ބިންތަކުގެ މައްސަލަތަކެއް ކައުންސިލާ ދެކޮޅަށް ކޯޓުތަކުގައި ހިނގަމުން އަންނަ ކަމަށެވެ. އެގޮތުން އެއީ ކައުންސިލާ ބެހޭ ބިމެއް ނޫން ނަމަ، ކައުންސިލްއާ ދެކޮޅަށް ކޯޓުތަކުގައި މައްސަލަ ނުހިނގާނެކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.

ނަރީޝްގެ އިތުރުން ޕީއެންސީގެ ނައިބު ރައީސް އަދި މާލޭ ކައުންސިލަރު އިބްރާހިމް ޝުޖާއުވެސް މި މައްސަލައާއ ގުޅިގެން ޓްވިތް ކުރައްވާފައިވެއެވެ. ޝުޖާއު ވިދާޅުވީ މާލޭ ބިންތަކުގެ މިލްކުވެރިކަމާ މެދު ސިޓީ ކައުންސިލާއި ޕްލޭނިން މިނިސްޓްރީން ދެބަސް ވުމަކީ އެކަމުގެ ތަކުލީފު އާއްމު ރައްޔިތުން އުފުލަން ޖެހޭ ކަމެއް ނޫންކަމަށެވެ. އަދި ލާމަރުކަޒީ ގާނޫނަށް އިސްލާހުގެނެސް ކައުންސިލުތައް "ބާރުވެރި" ކުރި ކަމަށް ދައުވާ ކުރަނީ އެމްޑީޕީންކަން ފާހަގަކުރައްވާ ޝުޖާއު ވަނީ ފާޑު ވިދާޅުވެފައެވެ.

މީގެއިތުރުން ޝުޖާއު ވިދާޅުވީ ސްޓްރާޑާއިން ދައްކަން ޖެހޭ ކުއްޔަކީ މިހާރު މާލޭ ސިޓީ ކައުންސިލުން ދައްކަން ޖެހޭ ކުއްޔެއްކަން މީރާއިން ސާފުކޮށްލީމައި ފެންނަން އޮންނާނެކަމަށެވެ. އެގޮތުން މާލޭ ސިޓީ ކައުންސިލުގެ ބިމަކަށް ލިބެ ޖެހޭ ފައިސާ ހޯދުމާއި ތަން ހުސްކުރުމަށް ގޮތް ނިންމާނީ އެ ކައުންސިލުންކަމަށް ޝުޖާއު ވިދާޅުވެފައިވެއެވެ.

މި ލިއުމާއި ގުޅޭ