Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކޮމިޝަނަރު ޙަމީދު

"އިންޑިއާ އައުޓް" ހިންގަން އުޅެނީ ދީނީ އިލްމުވެރިންނާއި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުން: ސީޕީ

"އިންޑިއާ އައުޓް" ހަރަކާތަށް ޚަރަދުކުރަނީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުން ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވެއްޖެއެވެ. މިއަދު އޮތް ރައްޔިތުންގެ މަޖިލީހުުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީގެ ބައްދަލުވުމުގައި ޙަމީދު ވިދާޅުވީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ގޭންގުތަކުގެ އިސް ފަރާތްތަކުން "އިންޑިއާ އައުޓް" ހަރަކާތުގައި އުޅޭކަން ފާހަގަވެފައިވާ ކަމަށް ހަމީދު ވިދާޅުވިއެވެ.

ޙަމީދު ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލައަކީ ބައި ޤަރުނެއްހައި ދުވަސްވެފައިވާ މައްސަލައަކަށްވާއިރު އެ މައްސަލަ ހައްލުކުރުމުގައި ކައިރި އަވައްޓެރި ޤައުމެއްގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބެމުން އަންނަ ކަމަށެވެ. އެހެންކަމުން ހުރިހާ ފަރާތްތަކެއް ގުޅިގެން ކުރަމުންދާ މަސައްކަތުގެ ތެރެއިން ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަނެވޭކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ އެގޮތަށް މަސްތުވާތަކެތި އަތުލައިގަނެވޭނަމަ އެއީ އެ ވިޔަފާރިކުރާ މީހުން ހިތްހަމަޖެހޭނެ އަދި ރުހޭނެ ކަމެއް ނޫން ކަމަށެވެ.

އަދި ޙަމީދު ވިދާޅުވެފައިވަނީ "އިންޑިއާ އައުޓް" ހަރަކާތުގެ ތެރެއަށް މަސްތުވާތަކެތީގެ ވިޔަފާރީގެ ތެރޭގައި އުޅޭ މީހުން ވެއްދުމަށް ކުރަމުން އަންނަ މަސައްކަތް ފާހަގަވެފައިވާ ކަމަށެވެ. އަދި މާލޭގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން އެންމެ ބޮޑު އާމްދަނީއެއް ހޯދަމުންދަނީ މާލޭގެ 10 ގޭންގަކަށް ނިސްބަތްވާ މީހުން ކަމަށްވެސް ހަމީދު ވިދާޅުވިއެވެ. އަިދ އެމީހުން "އިންޑިއާ އައުޓް" ހަރަކާތުގައި ބައިވެރިކުރަން މަސައްކަތްކުރާކަން ފާހަގަކުރެވިގެން އެ ހަރަކާތް ހިންގާ ދެ ސިޔާސީ ޕާޓީގެ ސަމާލުކަމަށް އެކަން ގެނެސް، އެކަމަށް އެއްވެސް މިންވަރަށް ޖާގަނުދޭނެ ކަމަށްވެސް އެ ޕާޓީތަކަށް އަންގާފައިވާނެ ކަމަށެވެ.

އިތުރަށް ހަމީދު ވިދާޅުވީ މިހާތަނަށް 9 ޓަނުގެ މަސްތުވާތަކެތި އަތުލައިގަނެވިފައިވާނެ ކަމަށެވެ. އެހެންނަމަވެސް ވަރަށް ފަހުންވެސް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރިކަން އެނގުނު ކަމަށާއި ނަމަވެސް އެ ތަކެތި އަތުލައިގެނެވިފައިނުވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންގެ އިތުރަށް "އިންޑިއާ އައުޓް" ހަރަކާތުގައި ޝާމިލުވާ ބައެއްގެ ގޮތުގައި ޙަމީދު ފާހަގަކުރެއްވީ ދީނީ ޢިލްމުވެރިންނެވެ. އެގޮތުން މި ހަރަކާތުގައި ދީނީ އިލްމުވެރިން ޝާމިލުވާކަން ފާހަގަކުރައްވައި އެ ބޭފުޅުންނަށް ސީޕީ ހަމީދުވަނީ ފާޑުވިދާޅުވެފައެވެ.

"މި ހަރަކާތުގަ އެކި މިންވަރަށް ބައިވެރިވުން އޮންނަކަމަށް އަޅުގަނޑުމެންނަށް ފާހަގަކުރެވޭ ދީނީ ޢިލްމުވެރިންނާއި ނުވަތަ ޢިލްމުވެރިންގެ ގުޅުމާއި ނުވަތަ ދީނުގެ ނަމުގަ ރާއްޖޭގެ ކަންތައްތަކާއި ގުޅުވައިގެން އެކި މިންވަރަށް ކަންކަމުގަ އޮންނަ ގޮތް ޙަޤީޤަތަށް ނޫން ގޮތަށް އެ ކަންކަން ފާހަގަކުރަމުންދާ ފަރާތްތައް ވެސް މީގެ ތެރޭގަ ހިމެނިގެންދާކަމީ އަޅުގަނޑުމެން ކަންބޮޑުވާކަމެއް. އޭގެ ސަބަބުން މި ހިންގާ ހަރަކާތްތަކުގެ ސަބަބުން ދިމާވާ މައްސަލަތަކާއި ގުޅިގެން އިތުރަށް ރައްޔިތުންގެ ރައްކާތެރިކަމާ ޤައުމުގެ އަމާންކަމަށް ބުރޫއެރުން އެއީ ވަރަށް ގާތުގައި އޮތްކަމެއްކަމަށް އަޅުގަނޑުމެން ގަބޫލުކުރަނީ." ސީޕީ ޙަމީދު ވިދާޅުވިއެވެ.

އިންޑިއާ އައުޓް ހަރަކާތް ވަރުގަދަވާން ފެށުމާއެކު ސަރުކާރުން ގެންދަނީ އިންޑިއާ އައުޓަކީ މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވަން ސަރުކާރުން ހިންގަމުންދާ މަސައްކަތްތަކާ ދެކޮޅަށް ހިންގާ ހަރަކާތެއް ކަމަށް ބުނަމުންނެވެ. ނަމަވެސް އެކަމަށް ބާރު ލިބޭ އެއްވެސް ހެއްކެއް ސަރުކާރުގެ އެއްވެސް އިދާރާއަކުން ހާމަނުކުރެއެވެ.

މި ލިއުމާއި ގުޅޭ