Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކުރިއަށް ނުދާ ސަރުކާރުގެ މަޝްރޫއުތައް

މަކުނުދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ހަވާލުކުރިތާ އަހަރެއްވަނީ، އަދިވެސް ނުފެށޭ

ހދ. މަކުނުދޫގެ ފެނާއި ނަރުދަމާގެ އަމަލީ މަސައްކަތް ފަށަން ބުނި ތާރީހް ފަހަނައަޅައި މަސައްކަތް ފެށުން ލަސްވެއްޖެއެވެ.

މީގެ ކުރިން އެރަށު ކައުންސިލްގެ ރައީސް އައުޒަމް އާދަމް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ، މަކުނުދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް މިދިޔަ ޖަނަވަރީ މަހުގެ ތެރޭގައި ފެށޭނެ ކަމަށެވެ.

އެހެން ނަމަވެސް މަސައްކަތް ފަށަން ބުނި ތާރީހަށް މަސައްކަތް ފެށިފައި ނުވާއިރު މަސައްކަތަށް ބޭނުންވާ ސާމާނުވެސް އަދިވެސް އެރަށަށް ގެންގޮސްފައި ނުވާ ކަމަށް މަކުނުދޫއިން ވާހަކަދެއްކި މީހަކު ވަނީ ބުނެފައެވެ.

އެކަމާއި ގުޅިގެން "ދިޔަރެސް" އިން ގުޅާލުމުން މަކުނުދޫ ކައުންސިލް މެންބަރު އާދަމް ޝަރީފް ވިދާޅުވީ، ފެނާއި ނަރުދަމާގެ މަސައްކަތް ފެށޭނެ ތާރީހެއް ދަންވަނަން އަދި ދަތި ކަމަށާއި އެކަމަށް ބޭނުންވާ ސާމާނު އަދި ނުގެންނަ ކަަށެވެ.

އާދަމް ޝަރީފް އިތުރަށް ވިދާޅުވީ، އީޕީއޭއިން ފައިނަލް ކުރަންޖެހޭ ކަންކަން ފައިނަލް ކުރުމަށްފަހު ވަރަށް އަވަހަށް މަސައްކަތް ފެށުމުގެ ހުއްދަ ދެއްވާނެ ކަމަށް އެ އިދާރާއިން ދާއިރާގެ މެންބަރު މުހައްމަދު ރާއީއަށް އެންގެވި ކަމުގެ ހަބަރު އާދަމް ޝަރީފަށް ފޯނުން ގުޅާފައި ދެއްވި ކަމަށެވެ.

އަދި ފެނާއި ނަރުދަމާގެ މަސައްކަތް ކުރުމަށް ކައުންސިލް އިދާރާއިން ދޭން ޖެހޭ ހުރިހާ ހުއްދަ އަކާއި ނިންމަންޖެހޭ ހުރިހާ ކަމެއް ނިންމާފައިވާ ކަމަށެވެ. އަދި އެރަށަށް މީގެ ކުރިން މަސައްކަތާއި ހަވާލުވެގެން އުޅޭ ކުންފުނީގެ ބަޔަކު އައިސް ސާވޭ އެއް ކޮށްފައިވާ ކަމަށް ވެސް އޭނާ މައުލޫމާތު ދިނެވެ.

މަކުނުދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ހަވާލުކޮށްފައިވަނީ އަލްޓެކް މޯލްޑިވްސް އާއި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން އާއި ގުޅިގެން ހަދާފައިވާ ޖޮއިންޓް ވެންޗަރ އަކަށެވެ. އެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ މާޗު މަހުގެ 3 ވަނަ ދުވަހުގައެވެ. އަދި މަސައްކަތް ނިންމަން ޖެހެނީ 660 ދުވަސް ތެރޭގައެވެ. 195 މިލިއަން ރުފިޔާގެ މި މަޝްރޫއު ހަވާލުކުރިތާ އަހަރެއްވާން ކައިރިވެފައިވާއިރު، ދެން މި މަޝްރޫއު އެއްބަސްވުމުގައިވާ ތާރީހަށް ނިންމޭނެ ކަމަކަށް ނުބެލެވެއެވެ.

މަސައްކަތް ނުފެށި ލަސްވި ސަބަބު އޮޅުން ފިލުވާލުމަށާއި އަލްޓެކްއިން އެ މަސައްކަތް ފަށަން ގަސްދުކޮށްފައިވާ ތާރީހު ޔަގީންކޮށްލުމަށް "ދިޔަރެސް" އިން މަކުނުދޫ ކައުންސިލް ރައީސް އައުޒަމް އަށް ގުޅާލުމުން ފޯނަށް ޖަވާބު ދީފައި ނުވެއެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި މި ފަސް އަހަރު ނިމުމުގެ ކުރިން ފެނާއި ނަރުދަމާ ގާއިމުކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. އެހެން ނަމަވެސް ރައީސް ގެ ގިނަ ވައުދުތައް ފަދައިން އެ މަސައްކަތްވެސް އެދެވޭ ސްޕީޑެއްގައި ކުރިއަށް ނުދެއެވެ.

މި ލިއުމާއި ގުޅޭ