Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޑރ.ޝަހީމް އަލީ ސައީދު

ރައީސް ނަޝީދަށް ދިން ހަމަލާގެ ޝަރީއަތް އަވަސްކުރުމަށް ޝަހީމް އެދިވަޑައިގެންފި

މިދިޔަ އަހަރުގެ މެއި ހަވަނަ ދުވަހުގެ ރޭ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ބޮމުގެ ހަމަލާގެ ޝަރީއަތް ލަސްވުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު އަދި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަސިޓިގެ ޗާންސެލާ ޑރ މުހައްމަދު ޝަހީމް ވިދާޅުވެއްޖެއެވެ.

ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއަކީ އިންސާނިއްޔަތާ ހިލާފު ބޮޑު ޖަރީމާއެއް ކަމަށާއި އެ ޖަރީމާގެ ޝަރީއަތް ލަސްވުމަކީ ވަރަށް ދެރަ ކަމެއް ކަމަށެވެ.

އިތުރަށް ޑރ.ޝަހީމު ވިދާޅުވީ އެމަނިކުފާނުގެ ހަށިކޮޅަށް އަމާޒުކޮށް ދިން ހަމަލާގެ ޝަރީއަތް އަވަަސް ކޮށް އެ އަނިޔާވެރި އަމަލު ހިންގި މީހުންނަށް ހައްގު އަދަދު ވީ އެންމެ އަވަހަކަށް ދޭން ޖެހޭ ކަމަށެވެ.

މެއި ހަވަނަ ދުވަހުގެ ރޭ ބޮން ގޮއްވާލި މައްސަލާގައި ދައުލަތުން ދައުވާ ކުރަނީ ހަތަރު މީހަކަށެވެ. އޭގެ ތެރޭގައި ހިމެނޭ އަދުހަމު އަހުމަދު ރަޝީދަށް ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހު 23 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.

އަދުހަމްގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމުގެ ދައުވާއާއި ޓެރަރިޒަމްގެ ޢަމަލެއް ކުރަން ރޭވުމުގެ ދައުވާއާއި ޓެރަރިސްޓް ޖަމާޢަތަކަށް ތާއީދުކުރުމުގެ ދައުވާއާއި ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލަން އުޅުމުގެ ދައުވާއެވެ.
އެ މައްސަލާގައި އޭނާގެ މައްޗަށް ދައުލަތުން ހަތަރު ދައުވާއެއް ކޮށްފައިވާއިރު ދައުލަތާ އެކު ހެދި އިއުތިރާފް އެއްބަސްވުމެއްގެ ދަށުން އަދުހަމް ވަނީ ކޯޓުގައި ކުށަށް އިއުތިރާފްވެފައެވެ.
ކެނެރީގެ ގޯޅިތެރޭގައި ނަޝީދުގެ ފުރާނަފުޅު ދުއްވާލަން އަމާޒުކޮށް ބޮން ގޮއްވި މައްސަލާގައި ދައުލަތުން ވަނީ އަދުހަމްގެ އިތުރުން އެހެން ބަޔަކަށް ވެސް ދައުވާކޮށްފައެވެ. އެހެން ނަމަވެސް އެމީހުންގެ ޝަރީއަތްވެސް ގެންދަނީ ވަކިވަކިންނެވެ.
މި ލިއުމާއި ގުޅޭ